29 އޮކްޓޯބަރ 2023
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކުރަން ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކުރަން ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ އެސޯޝިއޭޝަން، މަސީ އިން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުން ކަމަށެވެ.
ނަމަވެސް މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެއާޕޯޓު ނިމެން އޮތީ 2025 ގެ ޖުލައި މަހަށް ކަމަށާއި އެއީ ވަރަށް ލަސް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ގަސްތު ކުރައްވަނީ އެންމެ ލަސް ވެގެން އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެއާޕޯޓު ނިންމަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވެ އެއީ ޝެޑިއުލް އަށް ވުރެ އަށެއްކަ މަސް ދުވަހުގެ އަވަސް ކުރުމެއް، އިރާދަކުރެއްވިއްޔާ އެކަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ވެސް ރައީސް އޮފީހުގައި ސީދާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ. އެ ކޮމިޓީގައި ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުން ތިއްބަވާނެ ކަމަށާއި ކޮމިޓީ ޗެއާ ކުރައްވާނީ އެ މަނިކުފާނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެއާޕޯޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިންމަން ޖެހޭ ހުރިހާ ނިންމުމެއް ވީހާވެސް އަވަހަށް އެ ކޮމިޓީން ނިންމަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހު އެ މަސައްކަތް ދާ ގޮތް ބަލައި އެކަމަށްޓަކައި ނަގަން ޖެހޭ ޑިޒިޝަންތައް ވަގުތުން ނެގުމާއި އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބު ކަމާ އެކީ ނިންމިފައިވާ ބްރިޖުގެ މަސައްކަތް ދިޔަ ގޮތަށް ބައްޓަންކޮށް މި ދެންނެވި ތާރީހަށް ނިންމުން،" މުއިއްޒު ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އިން މި ފަހުން ވަނީ އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ދިނުމަށް ނިންމާފަ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެ އެވެ.
އެއާޕޯޓް އަވަސްކުރަން އިތުރަށް އެއް ބިލިއަން ހޯދައިފި
އެއާޕޯޓު ނިންމަން ފަންޑު ހަމަޖެހޭނެ ކަމުގެ ޔަގީންކަން
އަދުރޭ، އަމީރަށް: އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟
ބައިބަޔަށް ނިންމައިގެން ވިޔަސް އާ ޓާމިނަލް ހުޅުވަނީ!
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ނިމުނީ: ރައީސް
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
މާދަމާ މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާ
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ