Roadha Mihaaru
އުރީދޫ ޕޯސްޓްޕެއިޑް އަޕްގްރޭޑުކޮށްގެން ޑޭޓާ އެލަވަންސް

އުރީދޫ ޕޯސްޓްޕެއިޑް އަޕްގްރޭޑުކޮށްގެން ޑޭޓާ އެލަވަންސް

29 އޮކްޓޯބަރ 2023

އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލައި އިތުބާރާ އެކު އިންޓަނެޓްގެ ފުރިހަމަ ބޭނުން ކުރުމަށް މޮބައިލް ކަނެކްޝަނެއް ހޯދާ ނަމަ، އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބަލައިލާށެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތަކުން ލިބޭ ޑޭޓާ އަދި ވޮއިސްގެ ހިދުމަތްތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅިގެން އުރީދޫން އެންމެ ފަހުން ތައާރަފްކުރި އޮފާއާ އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ބަލައިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ނަސީބުވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން ދެ ރެ އާއި ތިން ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާ އެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މިހާރު ގެންގުޅޭ ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކޮށްލުމުން ވަގުތުން ބައިވެރިވެވޭނެ އެވެ. ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކުން އުރީދޫ ޕޯސްޓްޕެއިޑަކަށް ބަދަލުކޮށްލުމުުން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ހަމަ އެއާ އެކު ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އާބާދީގެ 100 ޕަސެންޓަށް އުރީދޫގެ ހަލުވި 4 ޖީ ކަވަރޭޖް މިހާރު ވެސް ފޯރުކޮށްދެމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް މޮބައިލް ކަނެކްޝަންއެއް ހެޔޮ އަގުގައި ލިބެ އެވެ.

ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހަލުވި ސްޕީޑްގެ އިންޓަނެޓާއި ވޮއިސް ކޯލްގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ އެވެ. އުރީދޫ ޕޯސްޓްޕެއިޑަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ވަރުގަދަ ނެޓްވޯކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެ އެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގައި އެކި ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެކަށޭނެހެން ޑޭޓާ ހިމެނޭ ތަފާތު ޕެކޭޖްތައް ހެޔޮ އަގުގައި ހިމަނާފައިވެ އެވެ.

އާޗާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން މުޅި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ޑޭޓާ އާވާ އިރު އެ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ސޯޝަލް މީޑިއާ، ސްޓްރީމިން އަދި ރެގިއުލާ ޔޫސޭޖަށް ހާއްސަ ޑޭޓާ ލިބެ އެވެ. މި ޕޯޓްފޯލިއޯގައި ޑޭޓާ ބޭނުންކުރާ މިންވަރު މަދު ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރި "ނެޓުހެޔޮ" ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ވެސް ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕްލޭންތަކުގައި ވަނީ ޑޭޓާ ރޯލްއޯވާ ހިދުމަތާ އެކު، މަސް ނިމޭ އިރު ބޭނުންނުކުރާ ޑޭޓާ ބޭކާރު ނުވާނެ ކަން ކަށަވަރުކޮށް، އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އެއްވެގެން ދެ އެވެ. މީގެ އިތުރުން 1000ރ. އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ މެމްބާޝިޕާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތައް ލިބެ އެވެ.

ހަމަ އެއާ އެކު "ނެޓުހެޔޮ" އަދި "އާޗާ ޕޯސްޓްޕެއިޑް" ކަސްޓަމަރުންނަށް އެއްފަހަރާ ތިން މަހަށް، ހަ މަހަށް، 12 މަހަށް، އަދި 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް ދައްކާ ފަރާތްތަކަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ނޯޓް: މިއީ އުރީދޫގެ ޕްރޮމޯޝަނަލް އާޓިކަލްއެއް