Roadha Mihaaru
ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ކިރަން ސިންހް އަށް

ދިރާގު ރޯޑް ރޭސް: ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ދުވުންތެރިޔާ ކިރަން ސިންހް އަށް

28 އޮކްޓޯބަރ 2023

މިއަދު ބޭއްވި ދިރާގު ރޯޑް ރޭހުގެ ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ދުވުންތެރިޔާ ކިރަން ސިންގް ބިހާރީ ރާޖްވާރް ހޯދައިފި އެވެ.

މިއަދު ބޭއްވި ދިރާގު ރޯޑް ރޭހުގެ ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ދުވުންތެރިޔާ ކިރަން ސިންގް ބިހާރީ ރާޖްވާރް ހޯދައިފި އެވެ.

ހުޅުމާލޭ ފޭސް އެކެއް ގައި މިއަދު ބޭއްވި ރޭހުގެ ހާފް މެރަތަން ކެޓަގަރީގެ ދެވަނަ ހޯދީ، ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް ވެސް އޮންނަ ޔޫސުފް އިބްރާހިމް އެވެ. ތިންވަނަ ހޯދީ ކެންޔާގެ ދުވުންތެރިޔާ ޗާލްސް ކިޕްކޯރިރް ކިޕްސަން އެވެ.

ދިރާގުން ވަނީ، ވަނަ ކަނޑައެޅުމުގައި ދިވެހި ދުވުންތެރިންނާއި ބޭރުގެ ދުވުންތެރިންގެ ވަކިން ހޮވައިފަ އެވެ. ނޭޕާލްގެ ދުވުންތެރިޔާ އާ ވާދަކޮށް ދެވަނަ ހޯދި ޔޫސުފް އަކީ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން އެއްވަނަ އެވެ.

ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން ދެވަނަ ހޯދީ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. ތިންވަނަ ހޯދީ ރާއްޖޭގެ ފުލް މެރަތަން ރެކޯޑް އޮންނަ ޝިފާޒް މުހަމަދެވެ. ޝިފާޒް ބައިނަލްއަގްވާމީ ރޭހެއްގައި އެ ދުވީ ގިނަ ދުވަސްތަކަށްކަށް ފަހު އެވެ.

ހާފް މެރަތަންގެ އަންހެނުންގެ ކެޓަގަރީން އެއްވަނަ ހޯދީ ކެންޔާގެ ދުވުންތެރިޔާ ޕެނައިނާ ޖެޕްކޮއެޗް ކީގަން އެވެ. ދެވަނަ ހޯދ ނޭޕާލްގެ ފުލްމަތީ ރާނާ އެވެ. ތިންވަނަ ހޯދީ ރާއްޖޭގެ ދުވުންތެރިޔާ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. 

ދިރާގު ރޯޑް ރޭހުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދިރާގު ރޯޑް ރޭހުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން ހާފް މެރަތަންގައި އެއްވަނަ ހޯދީ މަރީ އެވެ. ދެވަނަ އާއިޝަތު ރިޝްމީ އެވެ. ތިންވަނަ ހޯދީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް ކުޅުނު މަރްޔަމް މުހައްމަދު (މާޔަން) އެވެ.

ރޭހުގެ މިޑްލް ޑިސްޓެންސް ކެޓަގަރީގައި ވާދަކުރަން އައި ކެންޔާގެ ދުވުންތެރިޔާ ޑޭވިޑް ކިޕްކޮއެޗް ބިރީ ވަނީ 10 ކިލޯމީޓަރު އަދި 5 ކިލޯ މީޓަރުގެ ބައިން ވެސް އެއްވަނަ ހޯދައިފަ އެވެ. ދިހަ ކިލޯމީޓަރުން ދެވަނަ ހޯދީ ރާއްޖޭގެ މިޑްލް ޑިސްޓެންސްގެ ގައުމީ ޓީމުގެ ދުވުންތެރިޔާ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ. ތިންވަނަ ހޯދީ މުހައްމަދު ފަވާޒެވެ. އެ ކެޓަގަރީގެ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން އެއްވަނަ އާއި ދެވަނަ ހޯދި ރިޒާ އާއި ފަވާޒު އެވެ. ތިންވަނަ ހޯދީ ރިޒާން ރަޝީދެވެ.

އަންހެނުންގެ 10 ކިލޯމިޓަރު ބައިން އެއްވަނަ ހޯދީ ރާއްޖޭގެ ޝަލްޝަލް މޫބީން ޖަލީލެވެ. ދެވަނަ ހޯދީ ރަސޯނާ އަހްމަދު ވަހީދެވެ. ތިންވަނަ ހޯދީ އަނާން އަހުމަދު ރަޝީދެވެ.

ފިރިހެނުންގެ 5 ކިލޯމީޓަރު ދުވުމުގައި ކިޕްކޮއެޗް ބިރީ އާއި ކިރަން ސިންހްއާ ވާދަކޮށް ތިންވަނަ ހޯދީ ފަޒީލް އެވެ. އޭނާ އަކީ އެ ޓަގަރީގައި ރާއްޖޭގެ އެއްވަނަ އެވެ. ދެވަނަ ހޯދީ ކުޑަ ރިޒާ އެވެ. ތިންވަނަ ހޯދީ ޔޫސުފް އެވެ.