Roadha Mihaaru
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ

"ކޮފީ ވިތު ކަރަން 8"ގެ ފުރަތަމަ ގެސްޓުންނަކީ ރަންވީރާއި ދީޕިކާ

23 އޮކްޓޯބަރ 2023

އަންނަ ބުރާސްފަތި ދުވަހު ސްޓްރީމް ކުރަން ފަށާ، އިންޑިއާގެ ސެލެބްރީންގެ އިންޓަވިއުތައް ގެނެސްދޭ އެންމެ މަގުބޫލު ޓޯކް ޝޯ ކަމަށްވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓް ކުރާ "ކޮފީ ވިތު ކަރަން 8"ގެ ފުރަތަމަ ގެސްޓުންގެ ގޮތުގައި އަންނާނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ކަން އެނގިއްޖެ އެވެ.

ފުރަތަމަ އެޕިސޯޑުގައި ފެންނާނީ ރަންވީރުގެ ދެމަފިރިން ކަން އެނގުނީ އެ އެޕިސޯޑުގެ ޓީޒާ ބަޔަކު އެކްސްގައި އިއްޔެ ލީކު ކޮށްލުމުންނެވެ.

މި ޝޯ ގެނެސްދޭ ޑިޒްނީ ޕްލަސް ހޮސްޓާ އިން އެ ޓީޒާ އަދި އާންމެއް ނުކުރެ އެވެ.

މި ޝޯ އަށް މިހާރު ވެސް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި މި ސީޒަންގައި މެހުމާނެއްގެ ގޮތުގައި ޝާހްރުކް ހާން އާއި އޭނާގެ ދަރިފުޅު ސުހާނާ ހާން ވެސް ފެންނާނެ އެވެ.

މިދިޔަ މަހު ކައިވެނިކުރި ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ރާގަވް ޗަންދާ އަދި ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވެސް މި ސީޒަންގައި ފެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ސަލްމާން ހާން އާއި ކެޓްރީނާ ކައިފް ވެސް އެއް އެޕިސޯޑެއްގައި ފެންނާނެ އެވެ.

މި އާ ސީޒަންއާ ގުޅިގެން ދެކެވޭ އެންމެ ހައިރާންކުރަނިވި ހަބަރަކީ މި ސީޒަންގައި ކަންގަނާ ރަނާވަތު ވެސް ފެނުން އެކަށީގެންވުމެވެ. ކަންގަނާ އާއި ކަރަންގެ މެދުގައި އުފެދުނު ކޯޅުގަނޑު ފެށުނީ ވެސް މި ޝޯގެ ކުރީގެ ސީޒަނެއްގެ އިންޓަވިއުއެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އެއީ މި ޝޯގެ ފަސްވަނަ ސީޒަންގަ އެވެ.