Roadha Mihaaru
ރާޖް އާއި ޝިލްޕާ ވަރިވީތަ؟

ރާޖް އާއި ޝިލްޕާ ވަރިވީތަ؟

21 އޮކްޓޯބަރ 2023

ބޮލީވުޑްގެ ތަރި، ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާގެ ކައިވެނި ރޫޅާލި ކަމުގެ އިޝާރާތެއް ރާޖު ދީފި އެވެ.

ބޮލީވުޑްގެ ތަރި، ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާގެ ކައިވެނި ރޫޅާލި ކަމުގެ އިޝާރާތެއް ރާޖު ދީފި އެވެ.

ރާޖް އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ވަކިވެފައިވާ ކަމަށާއި މި އުނދަގޫ ދަނޑިވަޅުގައި އެ މީހުންނަށް ޕްރައިވެސީ ދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް، އެ ޕޯސްޓުގައި ޝިލްޕާގެ ނަން ލިޔެފައި ނުވެ އެވެ.

އެ ޕޯސްޓާ ގުޅިގެން ޝިލްޕާ ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރާޖް އާއި ޝިލްޕާ ކައިވެނިކުރީ 2009 ވަނަ އަހަރުގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ވެސް ތިބެ އެވެ.

އެ ދެ މީހުން ވަކިވި ކަމަށް ބުނާ އިރު، ރާޖް ވަނީ އޭނާގެ ހަޔާތަށް ހަދާ ބަޔޮޕިކް ފިލްމު މިދިޔަ ހަފުތާގައި އިއުލާންކޮށް، އޭގެ ޓްރެއިލާ ވެސް ނެރެފަ އެވެ.

ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނެ ކުރި ތުހުމަތުތަކަކާ ގުޅިގެން ރާޖް ވަނީ 2021 ވަނަ އަހަރު ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފަ އެވެ. މި ފިލްމުގައި ދައްކާނީ ވެސް އޭނާ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އުޅެން ޖެހުނު ގޮތެވެ.

އެ ޓްރެއިލާ ޝިލްޕާގެ ސޯޝަލް މިޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާ ނުކުރެ އެވެ.