18 އޮކްޓޯބަރ 2023
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ފެނަކައިގެ މައިގަނޑު ތިން މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފެނަކައިގެ އެކި މަސައްކަތްތައް ކުރުވައި އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށް ހަސަން ވިދާޅުވި އެވެ.
"އެ މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތައް. އެ މައްސަލަތައް ނުބެލޭ ކަމަށް ވަންޏާ އަނެއްކާވެސް އެ ކަންކަން ކުރާ ފަރާތްތަކަށް، ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް،" އޭނާ އަށް ލިބިފައިވާ މައުލޫމާތުތަކަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވި އެވެ.
އެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވަނީ، ހަސަން ވިދާޅުވި ގޮތުގައި، ފެނަކައިގެ މުވައްޒަފުންތަކެކެވެ.
އެކަމުގައި އޭސީސީގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.
އެ ގަރާރަށް ބަހުސް ކުރެއްވި އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ފެނަކައިން ފައިސާ ނުލިބިގެން ކުދި ގިނަ ކުންފުނިތައް މިހާރު ވެސް ބަނގުރޫޓު ވެއްޖެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް މިދިޔަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންތަކެއް ވަނީ ބުނެފަ އެވެ.
ފެނަކައިން ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. އެ ބައްދަލުވުމުގައި 19 ކޮންޓްރެކްޓަރުން ބައިވެރިވި. --ފޮޓޯ: މިހާރު
އެކަމަކު ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން، "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެކަމާ ގުޅުވައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ ފައިސާ ވީއެންމެ އަވަހަކަށް ކުންފުނިތަކަށް ލިބޭނެ ގޮތެއް ހޯދައި، ފެނަކައިގެ ކޮރަޕްޝަނާއި ދަރަނީގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވިދާޅުވީ ފެނަކަ ހިމެނޭހެން ނިމުނު ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކަށް އެތައް ސަތޭކަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެހެންކަމުން، މިއީ ވެސް ބަލައި، ކުރިއަށް އޮތް ތަނުގައި ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ފެނަކައިގެ ގަރާރު ބަލައިގަނެ، އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރު
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ނާޒިމްގެ ބަހުގެ ހަމަލާ އޭސީސީ އަށް: ވާ ކަމެއް ހަރާން