12 އޮކްޓޯބަރ 2023
ޕެންޝަންގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެއިން ފުރައިގެން ދާން ނިންމާ ހިސާބުން ފައިސާ ހޯދަން ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލު ގެނެސްފި އެވެ.
ޕެންޝަންގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެއިން ފުރައިގެން ދާން ނިންމާ ހިސާބުން ފައިސާ ހޯދަން ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލު ގެނެސްފި އެވެ.
އެ ސްކީމްގައި ބިދޭސީ މުވައްޒަފުން ބައިވެރިވުމާއި ސްކީމްގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގައި ބުނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށް ދާން ނިންމައިފި ނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅިދާނެ ކަމަށެވެ.
ގަވައިދު މީގެ ކުރިން އޮތް ގޮތުން ނަމަ ޕެންޝަން ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ފުރައިގެން ދިއުމުގެ ތިން މަސް ކުރިންނެވެ.
ޕެންޝަން ނަގާފައިވާ ބިދޭސީ މުވައްޒަފަކަށް ދެ ވަނަ ފަހަރަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ގަވައިދުގައިވެ އެވެ. އެކަމަކު، އެފަދަ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެ ވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެ މީހަކަށް 65 އަހަރު ފުރުމުންނެވެ.
ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރާނީ ރުފިޔާއިންނެވެ. އެ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.
ޕެންޝަން އޮފީހުގެ ގަވައިދުގައި ބުނީ ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތަށް ހުށަހަޅާއިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެ މީހުންނަށް ޕެންޝަން ފައިސާ ހައްގުވާ ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހެ އެވެ.
ބިދޭސީ މުވައްޒަފުން ޕެންޝަނުގައި ބައިވެރިވުމަކީ އެ ވަޒީފާ ދީފައިވާ ފަރާތެއްގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޕެންޝަން ސްކީމްގެ އިދާރީ ފީ ކުޑަކޮށްފި
އިގްތިސާދު ފުޅާކުރަން ފެންޝަން ފަންޑުބޭނުންކުރޭ: އިނާޒް
ޕެންޝަންގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި
އޮފީހަށް ދެވޭނީ ޕެންޝަންގައި ބައިވެރިވެފައިވާ މީހުންނަށް
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
ޕެންޝަންގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށައިފި
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް