Roadha Mihaaru
އަގްސާ ތޫފާން: ގާޒާ އަށް ބޮމާއި މިސައިލްގެ ވާރޭ

އަގްސާ ތޫފާން: ގާޒާ އަށް ބޮމާއި މިސައިލްގެ ވާރޭ

10 އޮކްޓޯބަރ 2023

މި ދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އިއުލާންކުރި ހަނގުރާމައިގައި ގާޒާ އަށް ދޭ މިސައިލާއި ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، އެ ބިމުގައި އިންސާނުންނަށް ނޭވާ ނުލެވޭ ވަރު ކުރަމުންދާ ކަމަށް ނޫސްވެރިން ބުނަން ފަށައިފި އެވެ.

މި ދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އިއުލާންކުރި ހަނގުރާމައިގައި ގާޒާ އަށް ދޭ މިސައިލާއި ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، އެ ބިމުގައި އިންސާނުންނަށް ނޭވާ ނުލެވޭ ވަރު ކުރަމުންދާ ކަމަށް ނޫސްވެރިން ބުނަން ފަށައިފި އެވެ.

ގާޒާގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި މިދިޔަ 36 ގަޑިއިރުގެ ތެރޭގައި ގާޒާގެ ޖައްވުގެ ތެރެއިން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަސްކަރީ ހެލިކޮޕްޓަރުތަކުގެ އަޑު ކަނޑައިގެން ނުދެ އެވެ. މިސައިލާއި ބޮމުގެ ހަމަލާތަކުގައި 700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެތައް ސަތޭކަ އިމާރާތެއް ބިމާ ހަމަވެއްޖެ އެވެ.

ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި އިޒްރޭލުގެ މިސައިލާއި ބޮމުގެ ހަމަލާތައް އަމާޒު ނުވާ އެއްވެސް ސަރަހައްދެއް މިހާރު ގާޒާގައި ނެތެވެ. މުޅި ގާޒާ އަށް މިސައިލާއި ބިމުގެ ވާރޭ ވެހެމުންދާ ކަމަށް ސިފަކޮށް، ނޫސްވެރިން ބުނާ ގޮތުގައި ގާޒާއަކީ އިންސާނުން ދިރިއުޅޭ ސަހަރެއްގެ އެއްވެސް ސިފައެއް މިހާރު އެބިމަކުން ނުފެނެ އެވެ.

އާންމުން ދިރިއުޅޭ އިމާރާތްތަކަށް ގަސްދުގައި ހަމަލާދީ ސުންނާފަތިކޮށް ދިރިއުޅުން ދަތިވުމާ ގުޅިގެން، ގާޒާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިހާރު ރައްކާތެރިކަން ހޯދަމުން އަންނަނީ، ގާޒާގައި ހުންނަ އދ.ގެ އިމާރާތްތަކުންނެވެ. އދ.ގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ) އިން އިއްޔެ ބުނި ގޮތުގައި އެ ޖަމާއަތުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގެ 90 ޕަސެންޓް މިހާރު ވަނީ ފުރިފަ އެވެ.

ގާޒާގެ އިމާރާތެއް ގޮވާ، ރޯވެ އަނދަމުން ދަނީ.-- ގާޒާގެ އިމާރާތެއް ގޮވާ، ރޯވެ އަނދަނީ. އެ ބިމުގައި އިންސާނުންނަށް ނޭވާ ނުލެވޭ ވަރު ކުރަމުންދާ ކަމަށް ނޫސްވެރިން ބުނޭ

ގާޒާގެ އިމާރާތެއް ގޮވާ، ރޯވެ އަނދަމުން ދަނީ.-- ގާޒާގެ އިމާރާތެއް ގޮވާ، ރޯވެ އަނދަނީ. އެ ބިމުގައި އިންސާނުންނަށް ނޭވާ ނުލެވޭ ވަރު ކުރަމުންދާ ކަމަށް ނޫސްވެރިން ބުނޭ

އެ އިދާރާ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވުމުގެ ގޮތުން، ގާޒާގެ 137000 އަށް ވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ، އދ އަށް ނިސްބަތްވާ އެކި ތަންތަނުގަ އެވެ. އޭގެ ތެރޭގައި އދ.ގެ ފަރާތުން ހަދާފައިވާ ވަގުތީ ހިޔާތަކާއި، ކުޑަކުދިންނަށް ކިޔަވައިދޭ މަދަރުސާތައް ހިމެނެ އެވެ.

އދ.ގެ ރިލީފް އޭޖެންސީން ބުނި ގޮތުގައި އެ އިދާރާގެ ފަރާތުން ގާޒާގައި ހިންގާ 83 ސްކޫލް ވެސް މިހާރު ވާނީ ވަގުތީ ހިޔާތަކަކަށް ބަދަލުކޮށް، ގާޒާގެ އާންމުންނަށް އެ ތަންތަނުގައި ތިބެވޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. އެހެން ނަމަވެސް، ހާލުގައި ޖެހިފައިވާ އާއިލާތަކެއް ވަގުތީ ގޮތުން ބޭނުންކުރަމުން ދިޔަ ސްކޫލަކަށް ވެސް އިޒްރޭލުން އިއްޔެ ހަމަލާ ދީފައިވާތީ، އދ.ގެ އިމާރާތްތަކުން ވެސް، ފަލަސްތީނުގެ އާންމުންނަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެ އޭޖެންސީން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތައް އިންތިއާ އަށް ވަރުގަދަވެ، އެހީ ފޯރުވުމުގެ މަސައްކަތް ކުރެވެން ނެތުމުން، ގާޒާގައި ހިންގަމުން އައި ކާބޯތަކެތި ފޯރުކޮށްދޭ 14 މަރުކަޒުގެ ވެސް މިހާރު ވާނީ ބަންދުކޮށްފަ އެވެ. އެ ތަންތަން ބަންދުކުރުމާ ގުޅިގެން، ބައި މިލިއަނެއްހާ އާންމުންނަށް، އަސާސީ ކާބޯތަކެތި ލިބުން ހުއްޓިފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.

ފަލަސްތީނުގައި 2006 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު، ހަމާސް ޖަމާއަތް ކާމިޔާބު ކުރުމާ ގުޅިގެން، އިޒްރޭލުން ވަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ގާޒާ ހިސޯރުކޮށްފަ އެވެ. ގާޒާ އަށް ބޯފެނާއި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ ވެސް، އިޒްރޭލުގައި ގާއިމުކޮށްފައިވާ ފެނާއި ކަރަންޓު ވިއުގައިގެ ތެރެއިން ކަމަށް ވާއިރު، ހަނގުރާމަ ފެށުމާއެކު އިޒްރޭލުން ވަނީ ގާޒާގެ ކަރަންޓާއި ބޯފެން ވެސް ކަނޑާލައިފަ އެވެ.\