Roadha Mihaaru
އުރީދު އާއި ފުޓްރެސްޓް ގުޅިގެން ޓީޗަރުންނަށް އޮފާއެއް!

އުރީދު އާއި ފުޓްރެސްޓް ގުޅިގެން ޓީޗަރުންނަށް ހާއްސަ އޮފާއެއް!

07 އޮކްޓޯބަރ 2023

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ ފުޓްރެސްޓާ ގުޅިގެން އުރީދޫން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ ފުޓްރެސްޓާ ގުޅިގެން އުރީދޫން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

ކާކުކަން އަންގައިދޭ ލިޔުން ދެއްކުމުން ޓީޗަރުން އެ ތަނުން ހޯދާ ހިދުމަތްތަކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

އެ އޮފާ ހުޅުވާލާފައި ވަނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫން ބުނީ އެއީ ޓީޗަރުންގެ އަގު ވަޒަންކޮށް، ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން ތައާރަފްކުރި އޮފާއެއް ކަމަށެވެ.

ފުޓް ރެސްޓަކީ ގިނަ ސްޕާ ޓްރީޓްމަންޓުތަކެއް ދޭ ތަނެކެވެ. އެ ތަނުން މޭނީ ޕެޑީ އާއި އެކި ވައްތަރުގެ މަސާޖުގެ ހިދުމަތް ދެ އެވެ.