Roadha Mihaaru
ކާރުތަކެއް އެކްސިޑެންޓުވެ ބްރިޖް ހައިވޭ ބަންދުވެއްޖެ

ކާރުތަކެއް އެކްސިޑެންޓުވެ ބްރިޖް ހައިވޭ ބަންދުވެއްޖެ

06 އޮކްޓޯބަރ 2023

‎ ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު އެކްސިޑެންޓުވެ, ހައިވޭ ގިނަ އިރުތަކަކަށް ބަންދުވެއްޖެ އެވެ.

‎ ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު އެކްސިޑެންޓުވެ, ހައިވޭ ގިނަ އިރުތަކަކަށް ބަންދުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރެއް ޖެހި އެކްސިޑެންޓުވުމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ބްރިޖުގެ ޓްރެފިކް ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކާރުތައް އެކްސިޑެންޓުވުމުގެ ކުރިން ވެސް ބައެއް އެކްސިޑެންޓުތައް މިއަދު ހިނގާފައި ވާތީ ކުރިން ވެސް އޮތީ ބްރިޖާއި ހައިވޭގެ ޓްރެފިކަށް ބާރު ބޮޑުވެފަ އެވެ.

ކާރުތަކުގެ އެކްސިޑެންޓަށް ފަހު ޓްރެފިކް ކޮންޓްރޯލްކޮށް އަލުން ދަތުރުތައް ކުރެވޭ ވަރުވީ ދެ ގަޑިއިރު ވާން އުޅެނިކޮށެވެ. އެކަމަކު އަދިވެސް ޓްރެފިކް ފެންނަނީ ބާރު ބޮޑުކޮށެވެ.