Roadha Mihaaru
މިހާތަނަށް އެންމެ ހޫނު އަހަރު: 2023

މިހާތަނަށް އެންމެ ހޫނު އަހަރު: 2023

05 އޮކްޓޯބަރ 2023

އީކުއޭޓަރުން އުތުރަށް އަހަރުގެ ހޫނު މޫސުން ނިންމައި ފިނި މޫސުމަށް ބަދަލުވުމާ ދެމެދު ހޭދަވާ އިންތިގާލީ މަރުހަލާ، ނުވަތަ ޚަރީފު މޫސުން ސެޕްޓެމްބަރު 22 ވަނަ ދުވަހު ފެށިފައި ވިޔަސް، ހޫނު މޫސުމުގެ ގަދަ ހޫނު މަޑުވުމުގެ އަލާމާތެއް އަދި ނުފެނެ އެވެ. އާންމު ގޮތެއްގައި ހޫނު މޫސުމުގެ (ޖޫން 21 ން ސެޕްޓެމްބަރު 23 ށް) ދުވަސްތަކުގެ ތެރެއިން ސެޕްޓެމްބަރު މަހަކީ ހޫނުމިން ދަށަށް ދާން ފަށާ މަސް ކަމަށް ވިޔަސް، މިއަހަރު ކަންތައް ހުރީ އެ ގޮތަކަށް ނޫނެވެ.

ވިލާތުގެ އިއްތިހާދުގެ މޫސުމާ ބެހޭ އެންމެ ބޮޑު އެއް އިދާރާ، ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) އިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް، ސެޕްޓެމްބަރު މަހުގެ ހޫނުމިން ދިޔައީ އަހަރުން އަހަރަށް މައްޗަށެވެ. އަދި މިދިޔަ ހަތަރު އަހަރަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހަކީ ހޫނުމިން އެންމެ މަތީގައި ދެމިހުރި ސެޕްޓެމްބަރު މަހެވެ.

ސީ3އެސްގެ ފަރާތުން ދުނިޔޭގެ މޫސުމާ ބެހޭ މައުލޫމާތުތައް، 1940 ވަނަ އަހަރުން ފެށިގެން އެއްކުރަމުން އަންނަ އިރު، އެ މަހެއްގެ އެވްރެޖް ހޫނުމިނަށް ވުރެ އާދަޔާ ޚިލާފަށް އެންމެ ބޮޑަށް ހޫނުމިން މަތިވެފައިވާ ކަމަށް، މިދިޔަ ހަތަރު އަހަރު ވެސް ފާހަގަކުރެވެނީ ސެޕްޓެމްބަރު މަހެވެ.

(FILES) Homeless people take rest under a bridge to get respite from the heat on a hot summer afternoon in New Delhi on May 11, 2022. India has reported in 2023, its hottest and driest August since national records began more than a century ago, the latest in a string of records broken worldwide as climate change intensifies. -- Photo: Sajjad Hussain / AFP

މޫސުމާ ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ކަނޑުތަކުގެ އެވްރެޖް ހޫނުމިން ވެސް ސެޕްޓެމްބަރު މަހު ވަނީ މަތިވެފަ އެވެ. ކަނޑުގެ ސަތަހައިގެ އެވްރެޖް ހޫނުމިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުރި ކަމަށް ރެކޯޑް ކުރެވިފައިވަނީ 20.92 ޑިގްރީ ސެލްސިއަސްގަ އެވެ. އަހަރުގެ އޮގަސްޓް މަހަށް ފަހުގައި، ކަނޑުގެ ސަތަހައިގެ ހޫނުމިން އެންމެ މައްޗަށް ދިޔަ މަހުގެ ގޮތުގައި ފާހަގަކުރެވެނީ ވެސް ސެޕްޓެމްބަރު މަހެވެ.

އޭގެ އިތުރުން، އެންޓާޓިކާގެ ގަނޑުފެންތައް، މަހުން މަހަށް ވިރެމުންދާ ނިސްބަތަށް ބަލާއިރު ވެސް، އެންމެ ބޮޑަށް ވިރިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ސެޕްޓެމްބަރު މަހުގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައިވާ އިރު، ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިމަތިވި މޫސުމީ ކާރިސާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މެޑްޓެރޭނިއަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޑެނިއަލް، ސެޕްޓެމްބަރު 10 ވަނަ ދުވަހު ލީބިޔާގެ އިރުއުތުރު ސަރަހައްދަށް އެރުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ 20000 އަށް ވުރެ ގިނަ މީހުން ގެނބިގެން މަރުވި އެވެ.

އޭގެ އިތުރުން ގްރީސް، ބުލްގޭރިއާ އަދި ތުރުކީ ވިލާތަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ވެސް، އެތައް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ. ކެނެޑާ އާއި އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ދިޔަ އެވެ.