01 އޮކްޓޯބަރ 2023
އޭޝިއަން ގޭމްސްގައި ޕްރިލިމިނަރީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދިވެހި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ނޭޕާލާ ވާދަކޮށް 138 ލަނޑުން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
އޭޝިއަން ގޭމްސްގައި ޕްރިލިމިނަރީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދިވެހި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ނޭޕާލާ ވާދަކޮށް 138 ލަނޑުން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި ވަނީ މޮންގޯލިއާ އާ ދެކޮޅަށް ކުޅެ، ގޭމްސްގައި ތާރީހީ މޮޅެއް ހޯދައިފަ އެވެ. ނަމަވެސް ނޭޕާލް ވަނީ މިއަދު ހެނދުނު ކުޅުނު މެޗު ކާމިޔާބުކޮށް، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ކޮލިފައި ވެފަ އެވެ.
ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިއަށްދާ ގޭމްސްގައި، މިއަދުގެ މެޗުގެ ޓޮސް ދިމާ ވެގެން ނޭޕާލުން ނިންމީ ފުރަތަމަ ބެޓް ކުރާށެވެ
އޭޝިއާ ސަރަހައްދުގެ ގަދަ ބާރުތައް ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން އަދި ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނާ އެންމެ ގާތުން ވާދަކުރާ ނޭޕާލުން ވަނީ ކުޅެން އަރައި ރާއްޖޭގެ ކުޅުންތެރިން ކައިރިން 20 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައި ވެގެން 212 ލަނޑު ހަދައިފަ އެވެ.
ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނީ 27 ބޯޅައިން 52 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ރޯހިތު ޕޯޑެލް އެވެ. ރާއްޖޭން އެންމެ ރަނގަޅަށް އުކި އިސްމާއިލް ނަޒްވާން ވަނީ މި އިނިންސްގައި ތިން ވިކެޓު ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި 19.4 އޯވަރު ތެރޭ ރާއްޖޭން ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 74 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 36 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޣަނީ އެވެ. އޭނާ ވަނީ ދެ ބޯޅަ ހަތަރަކަށް އަދި ދެ ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.
މުއާވިޔަތަށް ފަހު އެންމެ ރަނގަޅަށް ކުޅުނީ ރާއްޖޭން ނުބައި ނުވެ ހުރި ރައްސާމް ރަޝީދެވެ. އޭނާ ވަނީ 29 ބޯޅައިން 12 ލަނޑު ހަދައިފަ އެވެ. އަދި ޒުވާން ބެޓްސްމަން ޝިއުސް ފަރީދު ވަނީ ފުރަތަމަ ފަހަރަށް ކުޅެން އަރައި ކުރިމަތިލީ 21 ބޯޅައިން 10 ލަނޑު ހަދައިފަ އެވެ.
އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމަށް ތާރީހީމޮޅެއް
އޭޝިއަން ގޭމްސްގައި ދިދަ ވިހުރާލީ ޒިޔާން އާއި އީހައު
ކްރިކެޓުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ
ބޫޓާނުގެ ފުރަތަމަ ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅެނީ
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި
ކޮލިފައިންގައި ކްރިކެޓް ޓީމު ފަހު ދެ މެޗުން މޮޅުވެއްޖެ
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް
އޭޝިއަންގޭމްސްގެ ސާފިންއިން އަންހެން ޖާގައެއް ރާއްޖެއަށް
އޭޝިއަން ގޭމްސްގެ މެޑަލް ޓާގެޓް، ސާފިންއާމެދު އުންމީދު
ގައުމީ ތައްޓާއެކު ކްރިކެޓްގެ ރަސްކަން ސީބީއެލަށް