Roadha Mihaaru
ޓްރަމްޕުގެ އިސްތިއުނާފް ކޯޓުން ގަބޫލެއް ނުކުރި

ޓްރަމްޕުގެ އިސްތިއުނާފް ކޯޓުން ގަބޫލެއް ނުކުރި

05 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 5) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވާފައިވާ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ގަބޫލެއް ނުކުރި އެވެ

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 5) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވާފައިވާ މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން ގަބޫލެއް ނުކުރި އެވެ

ޖަސްޓިސް ޑިޕާޓްމަންޓުން މައްސަލަ އިސްތިއުނާފް ކުރީ ޓްރަމްޕް ނެރުއްވާފައިވާ އަމުރާ އެއްގޮތަށް އަމަލު ކުރުމުގެ ހުއްދައަކަށެވެ. ނަމަވެސް ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސް އިން ބުނެފައި ވަނީ ސަރުކާރުން އެދިފައިވާ ގޮތަށް މި ވަގުތު ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި އިސްތިއުނާފް ކޯޓުން ވަކި ހުކުމެއް ކުރުމުގެ ކުރިން ދެ ފަރާތުން ވެސް ވަކާލާތު ކުރާ މައްސަލައިގެ ގާނޫނީ ހެކި ހޯމަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ޓްރަމްޕް ނެރުއްވި އަމުރަށް އަމަލު ކުރުން ހުއްޓުވާފައ ވަނީ ވޮޝިންޓަންގެ ޑިސްޓްރިކްޓް ޖަޖް ޖޭމްސް ރޮބާޓެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ އަމުރުގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންނާއި ތައުލީމާއި ވިޔަފާރި އާއި އާއިލާ ގުޅުންތަކާ އަދި ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ކަމަށެވެ. ވޮޝިންޓަނުގެ ކޯޓުގެ ވަގުތީ އަމުރު ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ހިނގާނެ އެވެ.

އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމާ ދެކޮޅަށް އެ ގައުމުގައި ދަނީ މުޒާހަރާ ކުރަމުން. --ފޮޓޯ:އޭޕީ

އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމާ ދެކޮޅަށް އެ ގައުމުގައި ދަނީ މުޒާހަރާ ކުރަމުން. --ފޮޓޯ:އޭޕީ

ސްޓޭޓުގެ ވަކީލުން ބުނެފައި ވަނީ ހަތް ގައުމުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނަމުން ދަނީ ރައީސްގެ ރިޔާސީ ގަރާރަކަށް ގޮންޖެހުމުގެ ބާރު ސްޓޭޓްތަކަށް ލިބިގެން ނުވާ ކަމަށެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށް މިދިޔަ ހަފުތާގައި ބަދަލު ގެނައި ފަހުން 60،000 ވިސާ ކެންސަލްކޮށްފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރުގައި ވަނީ ސީރިއާ، އިރާގު، އީރާން، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނު މީހުން އެމެރިކާ އަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފަ އެވެ. އަދި ރެފިއުޖީ އެޑްމިޝަން ޕްރޮގްރާމް ވަނީ 120 ދުވަހަށް ހުއްޓާލައިފަ އެވެ. ކޯޓު އަމުރު އިސްތިއުނާފް ކުރަމުން އެމެރިކާ ސަރުކާރުން ބުނެފައި ވަނީ އިމިގްރޭޝަން ސިޔާސަތަށް ބަދަލު ގެނައި އެމެރިކާގެ ހިމާޔަތަށް ކަމަށެވެ. ކޯޓު އަމުރު އިސްތިއުނާފް ކުރި ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ މީހުން ސަލާމަތަށްޓަކައި، މައްސަލަ ކާމިޔާބު ކުރާނެ ކަމަށެވެ.

ކޯޓު އަމުރާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ އިމިގްރޭޝަން ސިޔާސަތަށް ގެނައި ބަަދަލު ސަސްޕެންޑް ކުރުމަށް ފަހު، ކުރިއެކޭ ވެސް އެއްގޮތަށް ހޮނިހިރު ދުވަހުން ފެށިގެން ވިސާ ދޫކުރަން ފަށައިފަ އެވެ.