Roadha Mihaaru
އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަތުރަނީ ދޮގު

އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަތުރަނީ ދޮގު ވާހަކަތައް: ރައީސްގެ ކެމްޕެއިން ޓީމް

28 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަމާ މެދު ރައްޔިތުން ސަމާލުވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން މިރޭ ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަމާ މެދު ރައްޔިތުން ސަމާލުވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން މިރޭ ގޮވާލައިފި އެވެ.

ރައީސްގެ ކެމްޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތުތައް ފަތުރައި އަދި އެންޓި ކެމްޕެއިން ކޮށްގެން ވޯޓު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި ވެސް އެގޮތަށް ހަގީގަތާ ހިލާފް ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ މެދު ރައްޔިތުން ސަމާލުވުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެ ބަޔާނުގައިވަނީ އެގޮތަށް އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތުތައް ފެތުރުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.