މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް 50 ޕަސެންޓް ވޯޓު ފޮށި ގުނާފައިވާއިރު ދެވަނަ ބުރެއްގެ ވޯޓުލުމަކަށް ދާން ޖޭހެނެ ކަމަށް ބެލެވެން ފަށައިފި އެވެ.
09 ސެޕްޓެމްބަރ 2023
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް 50 ޕަސެންޓް ވޯޓު ފޮށި ގުނާފައިވާއިރު ދެވަނަ ބުރެއްގެ ވޯޓުލުމަކަށް ދާން ޖޭހެނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ވަނީ 45 ޕަސެންޓް ހޯއްދަވައިފަ އެވެ. އެއީ 58،732 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް ލިބިވަޑައިގަތީ 40 ޕަސެންޓް ނުވަތަ 51،732 ވޯޓެވެ.
މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް އެންމެ ވާދަވެރިކޮށް އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުއިއްޒެވެ.
ވޯޓު ގުނަން ފަށައި، ނަތީޖާތައް އިއުލާންކުރަމުން ދިޔައިރު މުއިއްޒާއި ރައީސްގެ ފަރަގު އެހާ ބޮޑު ނޫނަސް، މިހާރު އިއުލާން ކުރަމުން އަންނަ ފޮށިތަކުން މުއިއްޒު ގެންދަވަނީ ތަފާތު ބޮޑު ކުރައްވަމުންނެވެ. އެކަމަކު ވޯޓުތަކުގެ ނަތީޖާތައް ހުންނަ ގޮތުން ދެވަނަ ބުރަކަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިންވަނައިގައި އުޅުއްވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާ އަށް މިހާތަނަށް ހޯއްދެވުނީ ހަ ޕަސެންޓެވެ. ހަތަރުވަނައިގައި އުޅުއްވާ އުމަރު ނަސީރަށް ހޯއްދެވުނީ 2 ޕަސެންޓެވެ. ދެން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމަށް ވެސް ދެ ޕަސެންޓް އަދި އަހުމަދު ފާރިސް މައުމޫނަށް އެއް ޕަސެންޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަދި ހަސަން ޒަމީލަށް އެއް ޕަސެންޓް ވެސް ލިބިވަޑައެެއް ނުގަންނަވަ އެވެ.
ޖުމުލަ 573 ވޯޓު ފޮށި ބެހެއްޓިއިރު މިހާތަނަށް ވަނީ 378 ވޯޓު ފޮށީގެ ނަތީޖާ ގުނައިފަ އެވެ.
ސަރުކާރުގެ ނުފޫޒުތަކާއެކު ބޮޑު ކާމިޔާބީއެއް: މުއިއްޒު
ރައީސާއި މުއިއްޒު ވެސް ކުރެންދޫގައި
އަދުރޭ ރައީސަށް: ވަޑައިގަންނަވާ، ހިޔާނާތްތައް ކިޔާނަން
"ރައީސް، މުއިއްޒަށް ހަމަލާ އެ ދެއްވަނީ ބަލިވާތީ"
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން