28 ސެޕްޓެމްބަރ 2023
ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު އޭޝިއަން ގޭމްސްގެ ޓީމް އިވެންޓުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު އޭޝިއަން ގޭމްސްގެ ޓީމް އިވެންޓުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ކުއާޓާ އަށް ރާއްޖޭގެ އަންހެން ޓީމު ދަތުރު ކުރީ މިއަދު ކުޅުނު މެޗުގައި ނޭޕާލާ ވާދަކޮށް 3-1 ގޭމުން މޮޅުވެގެންނެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ވެސް ރާއްޖޭން ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެފަހަރު ވެސް ކުއާޓާ އަށް ދިޔައީ ނޭޕާލް ބަލިކޮށްފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ކުޅުނު ސިންގަލްސް ގޭމު 2-1 ސެޓުން ކާމިޔާބު ކުރީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އެވެ. ރާޝިދާ މަހަޖާން އާ ވާދަކޮށް ނަބާ ސެޓްތައް ގެންދިޔައީ 24-22، 19-21، 21-13 އިންނެވެ.
ދެވަނަ ސިންގަލްސްގައި ވާދަކޮށް އާމިނަތު ނަބީހާ އަބްދުއްރައްޒާގް ވަނީ ސީދާ ދެ ސެޓުން، 21-16، 21-10 އިން ނަންގްސާލް ތަމަންގް ބަލިކޮށްފަ އެވެ.
ތިންވަނަ ގޭމުގައި އަނޫ މާޔާ ރާއި އަތުން 3-21، 11-21 އިން އައިޝަތު އަފްނާން ރަޝީދު ބަލިވި ނަމަވެސް، ދެން ކުޅުނު ޑަބަލްސް ގޭމުގައި ނަބާ އަދި ނަބީ ވަނީ 21-13، 21-19 އިން ރަޝީލާ އާއި އަނޫ މާޔާ ބަލިކޮށް، ކުއާޓާ އިން ޖާގަ ޔަގީން ކޮށްފަ އެވެ.
ގަދަ 16 ގައި ނަބާހާ ބަލިވީ ދުނިޔޭގެ އެއްވަނަ އަތުން
އޭޝިއަން ގޭމްސްގައި ދިދަ ވިހުރާލީ ޒިޔާން އާއި އީހައު
ދެ މުބާރާތަކަށް ރިވައިވަލް ފުރައިފި
މިކްސް ޑަބަލްސްއިން ލައިބާގެ ޕެއާއަށް ބްރޯންޒް މެޑަލް
ލައިބާއާއެކު ކިޔާންވެސް ޕޮލިޝް ބެޑްމިންޓަން ޕެސްޓިވަލަށް
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން
އިންޒާރަށް ނުސިހި ކުޅިވަރަށް އިސްލާހު ގެންނަން ޖެހޭ!
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީޑަބްލިއުއެފުން ރާއްޖެ އަށް އިންޒާރު ދީފި
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި