28 ސެޕްޓެމްބަރ 2023
ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކާ އެކު އާއްމުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވި ގިނަ ކަންކަމަކީ މުހައްމަދު ޒާހިރު ދެކޭ ގޮތުގައި, ގދ. ތިނަދޫގެ މަގުތަކުގައި ތާރުއަޅާފައި އޮތް ތަން ދައްކާލާ ގޮތަށް އެއް ތަނަކުން ދެއްކޭނެ ކަންކަމެއް ނޫނެވެ.
ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކާ އެކު އާއްމުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވި ގިނަ ކަންކަމަކީ މުހައްމަދު ޒާހިރު ދެކޭ ގޮތުގައި, ގދ. ތިނަދޫގެ މަގުތަކުގައި ތާރުއަޅާފައި އޮތް ތަން ދައްކާލާ ގޮތަށް އެއް ތަނަކުން ދެއްކޭނެ ކަންކަމެއް ނޫނެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ނުކުމެ އޭނާ ހުރީ މިވެރިކަމުގައި ހެޔޮބަދަލުތަކެއް އައި ކަމަށް ގަބޫލުކުރާތީ އެވެ.
ޒާހިރާއި މި ރަށުގެ އެމްޑީޕީގެ ސަޕޯޓަރުން ބުނި ގޮތުގައި ތިނަދޫން ކުރު މުއްދަތެއްގެ ތެރޭގައި ފެންނަން ފެށި ތަރައްގީގެ ބާނީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެވަނަ ދައުރަށް ވެވަޑައިގަތް ގިނަ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން އޮތް އިރު ވެރިކަން އެހެން ބަޔަކާ ހަވާލުކޮށް ވާ ގޮތް ބަލަން ތިބުމަކީ އޭނާ ދެކޭ ގޮތުގައި ގައުމަށް ފައިދާ ހުރި ގޮތެއް ނޫނެވެ.
ދެކުނުގެ ތިން ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުގައި ގދ. ތިނަދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ފައިބައިވަޑައިގަތުމާ އެކު އެއް އަޑަކަށް ގޮވަމުން ދިޔައީ "އިބޫ އޯކޭ" އެވެ.
ތިނަދޫ ޖަލްސާގައި އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ
މަރުހަބާއަށް ނުކުމެ ތިބި މީހުންނާ އެމަނިކުފާނު ސަލާންކޮށް ނިމެންދެން ފޯރީގައި އެހެން ގޮވަމުން ދިޔަ އެވެ. އެއީ ފުރަތަމަ ބުރަށް ވުރެން ޖޯޝާއި ފޯރީގައި ނުކުމެ ތިބި ސަޕޯޓަރުންނެވެ. ކެމްޕޭންގައި އިސްކޮށް އުޅޭ އެ ޓީމުގެ ބައެއް މީހުން ބުނީ ކުރު މުއްދަތެއްގައި ތިނަދޫން މިވަރުގެ ކުރިއެރުމެއް އެ މީހުން ނުދެކޭ ކަމަށެވެ.
ލިސްޓްކުރީ އެހެން ސަރުކާރުތައް ނިމުނުއިރު ތިނަދުއަށް ނުވެ ހުރި، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފުރިހަމަވެ ރައްޔިތުންގެ ދިރިއުޅުމުގެ އާއްމު ހާލަތު ރަނގަޅުވެފައި ހުރި ކަންކަމެވެ.
އެމްޑީޕީގެ ސަޕޯޓަރު މުނީޒާ ތިނަދުއަށް އައި ކުރިއެރުންތަކުގެ ވާހަކަ ދައްކަނީ: އޭނާ ބުނީ ކުރު އިންޓަވިއުއަކުން ކިޔައިދެވޭ ވަރަށް ވުރެން ގިނަ ކަންކަން ތިނަދުއަށް މިސަރުކާރުން ކޮށްފައިވާ ކަމަށް.
"ރާއްޖޭގެ ހުރިހާ ރައްޔިތުން, ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރާ ރައްޔިތުން ވެސް ގަބޫލުކުރާނެ މިވަރުގެ ވެރިކަމެއް އަދި ރާއްޖޭގައި މިހާތަނަށް ދެކިފައެއް ނެތް. ކުރީގެ 30 އަހަރާއި އޭގެ ފަހުން އައި ވެރިކަމުގައި ވެސް ދުވަހަކު ވެސް ރާއްޖެއަށް މިވަރުގެ ތަރައްގީއަކީ ތަހުޒީބަކާ އެކު ފާހަގަކޮށްލަން ޖެހޭނީ އަމާން އޮމާން ސާފު ރީތި ވެރިކަމެއް ގެނެސްދިންކަން. އަނިޔާވެރިކަމެއް ނެތް ވެރިކަމެއް ގެނެސްދިންކަން. މިވަރުގެ ވެރިކަމެއް ގެނެސްދިން ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް," އެމްޑީޕީގެ ސަޕޯޓަރު މުނީޒާ އަފީފް ބުންޏެވެ.
މުހައްމަދު އަމްޖަދު ބުނި ގޮތުގައި ތިނަދުއަށް މީގެ ކުރިން ނާންނަ ވަރުގެ ބަދަލުތަކެއް އަތުވެއްޖެ އެވެ.
"މި ރަށުގެ ހުރިހާ މަގެއްގައި އެހެރީ ތާރު އަޅާ ނިމިފައި. އަނެއްކާ ބޯހިޔާވަހިކަމަށް ބެލިޔަސް އިތުރު 500 ފްލެޓް އެވަނީ އިއުލާންކޮށްފައި. ތިނަދުއަށް ވަރަށް ގިނަ ކަންކަން ވަނީ ކޮށްދީފައި. އަނެއްކާ ކޮށްދެމުން އެ އަންނަނީ," މުހައްމަދު އަމްޖަދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތިނަދުއަށް ކަމެއް ނުވެޔޭ އެކަންކަން ކޮށްދޭނީ ތިމަންނާމެންގެ ވެރިކަމުގައޭ ބުނެ ދައްކަނީ ސިޔާސީ ވާހަކަތަކެކެވެ.
"އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކައެއް އެއީ,"
"މިސާލަކަށް ހަނދާން ނެތިފައި ހުރި ކަންކަން ފެންނާނެ ވާރޭ ވެހުނީމަ. މި ރަށަކީ ވަރަށް ފެންބޮޑުވާ ރަށެއް. އެހެންވީމަ ވާރޭ ވެހުނީމަ މީހުން ގަބޫލުކުރޭ މި ސަރުކާރުން ގެނައީ ވަރަށް ބޮޑެތި ބަދަލުތަކެއް ކަން. ހުރިހާ މަގެއްގައި ލައިޓްތައް ޖަހާފައި މުޅި ރަށް ދިއްލިފައި އެ އޮތީ. ދެން ހަމަ ނުފެންނަ ކަންތައްތައް އެކި ކުދިންނަށް ވަޒީފާގެ ފުރުސަތުގެ ތެރެއިން ކިޔެވުމާއި އެ ނޫން ކަންކަމަކީ މިހެން އެއްކޮށްލާފައި ތަނަކުން ފެންނާނެ އެއްޗެއް ނޫން, ތާރު އެޅީމަ ފެންނަ ހެން," މުހައްމަދު ޒާހިރު ވިދާޅުވި އެވެ.
ތިނަދޫގެ ޑިމޮކްރެޓްސްގެ ތާއީދު ރައީސަށް:
— Mihaaru (@Mihaarunews) September 28, 2023
ޑިމޮކްރެޓްސްގައި އިސްކޮށް އުޅުނު މީހުން ބުނީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށްވާތީ އިސްކުރީ ގައުމީ މަސްލަހަތު ކަމަށް. pic.twitter.com/eCFMNzgu0b
"ބައެއް މީހުން ސިޔާސީ ނަޒަރަކުން ވިސްނާފައި އެ މީހުންގެ ސައިޒް ބޮޑުކުރަން ވޯޓުދިނަސް އެ މީހުން ވެސް ގަބޫލުކުރޭ ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ކޮށްދިން ކަން."
ޑީއާރުޕީން ސިޔާސީ ކަންކަން ފަށައި އެ ޕާޓީ ދެބައިވުމުން ޕީޕީއެމުގައި އުޅެފައި އެމްޑީޕީއަށް ބަދަލުވި އާމިނަތު ފޭޒްލީން ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކުރިމަތިވުމުން ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ވިސްނި ކަމަށެވެ. އެމްޑީޕީއާ އެކު ކުރިއަށްދާން ނިންމީ ތިނަދުއަށް ގިނަ މަޝްރޫއުތައް ހިންގި ހަމަޖެހިގެން އުޅެވެނިކޮށް ވެރިކަން ބަދަލުކުރަން ޖެހޭ ސަބަބެއް ނުފެނުމުން ކަމަށެވެ.
ފޭޒްލީން: އޭނާ ބުނީ މިވެރިކަން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް.
"ވަރަށް ރަނގަޅަށް ވިސްނުމަށް ފަހު އަޅުގަނޑަށް ގަބޫލުކުރެވުނީ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ހިތްތިރި ވަރަށް ކިޔަމަންތެރި ރައްޔިތުން ގޮވައިގެން މަސައްކަތް ކުރެވިދާނެ ފަދަ ބޭފުޅެކޭ. އެހެންވެ ކައިރިން ތަޖުރިބާކޮށްލަން އެމްޑީޕީގެ މި ކެމްޕޭން ޓީމާ އަޅުގަނޑު ގުޅުނީ," ފޭޒްލީން ބުންޏެވެ.
ސަޕޯޓަރުންގެ އުއްމީދަކީ ތިނަދޫގެ ވެސް ބޮޑު ޕަސެންޓެއް މި ބުރުގައި ރައީސަށް ލިބުމެވެ.
ލ
"ރައްޔިތުން ވަރަށް ވިސްނާނެ ދެއްތޯ. އަޅުގަނޑުމެން 2013-2018 އަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައި. ދިވެހި ރައްޔިތުންގެ ތެރޭގައި ނެތް އެ އަނިޔާ ކުރިމަތިނުވާ އެންމެ ފަރުދެއް ވެސް. ޕީޕީއެމް ތެރޭގައި ހުރެމެ އަޅުގަނޑަށް ވެސް ވަނީ އެ އަނިޔާ ލިބިފައި," ފޭޒްލީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ އާދޭހަކީ ހެޔޮނުވާނެއޭ ނުދައްޗޭ އަނިޔާވެރިކަމުގެ ތެރެއަށް. ރައީސް ސޯލިހަކީ ވަރަށް ރަނގަޅު ވެރިއެކޭ, އަނިޔާއަށް ފުރުސަތު ނުދެއްވައްޗޭ."
އޭނާ ބުނި ގޮތުގައި ރައްޔިތުންނަކީ ވިސްނުންތެރި ބައެކެވެ. ވޯޓުގައި ގައުމު އަނބުރާ ގެއްލުމެއްގެ ތެރެއަށް ވައްޓައެއް ނުލާނެ އެވެ.
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ
ތިނަދޫގެ ބިން ހިއްކައި ހައުސިންގެ ބިޔަ މަޝްރޫއުއެއް
ރައީސްގެ ވައުދު؛ ތިނަދޫ ފަޅުގައި އެއާޕޯޓެއް
ތިނަދުއަށް ރައީސްގެ ވައުދު: ޓޫރިޒަމް ޒޯނާއި ފްލެޓް
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައިފި
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
ރައީސްގެ އިންޒާރު އެސްޓީއޯގެ އެމްޑީ އަމްރަށް!
ތިނަދު އަށް ދެން އޮތީ ސިޓީގެ ދަރަޖަ ދިނުން
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
އިބޫގެ ގިނަ ވައުދުތަކެއް ތިނަދު އަށް