27 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ކެމްޕެއިންގައި އެކިއެކި ރަށްރަށުގައި ތަފާތު އެކި ވައުދުތައް މިހާތަނަށް ވެވަޑައިގެންފައިވާ ކަމަށާއި މިއަދު ދެއްވަން އޮތީ އޭނާގެ ސަރުކާރެއްގައި އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީން ކަން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ކެމްޕެއިންގައި އެކިއެކި ރަށްރަށުގައި ތަފާތު އެކި ވައުދުތައް މިހާތަނަށް ވެވަޑައިގެންފައިވާ ކަމަށާއި މިއަދު ދެއްވަން އޮތީ އޭނާގެ ސަރުކާރެއްގައި އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީން ކަން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރެ އަށް ކުރައްވާ ދަތުރުތަކުގެ އެންމެ ފަހު މަންޒިލަކަށް މިރޭ އައްޑޫ މީދު އަށް ވަޑައިގެން މުއިއްޒު ވަނީ، ކުރިއަށް އޮތް ފަސް އަހަރަށް ގެންގުޅުއްވާ ތަސައްވަރު ތަކުރާރު ކުރައްވައިފަ އެވެ.
"މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާނެ ވާހަަކަ އާއި ސިޔާސީ މަގާމުތައް ނޫން ވަޒީފާތަކުގައި ތިބި އެންމެން ވަޒީފާގައި ތިބޭނެ ވާހަކަ އާއި ޒުވާނުންނަށް ކަނބަލުންނަށް ފުދުންތެރިކަން ހޯދައިދިނުމުން އެކިއެކި ފުރުސަތުތައް ޒަމާނީ ވަސީލަތްތައް ފަހިކޮށްދޭނެ ވާހަކަ އާއި ގެދޮރުވެރިކަމަކީ އެންމެ އިސްކަން ދޭނެ ކަންތައް،" ކެމްޕެއިނުގައި ވައުދުތައް ބިނާކުރި މައިގަނޑު ކަންކަން މުއިއްޒު ވިދާޅުވި އެވެ.
މި ރަށަށް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ހުޅުމީދޫ-ހިތަދޫ ބްރިޖެވެ.
ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް މުއިއްޒު އައްޑު ކުރެއްވި ދަތުރުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
"ޔަގީންކަމަކީ ހަމަ އެ ދުވަހު ދެއްކި ވާހަކަ އެ ގޮތަށް ކޮށްދިނުން. މިއަދު މޮޑެލެއްގެ ގޮތަށް ފެނުނަސް ހުޅުމީދޫ އިން ހިތަދޫ އިން އެޅޭ ބްރިޖު، އަޅަން ޖެހޭ ބްރިޖު ހަގީގަތަށް ހަދައިދޭނަން،" އޭނާ ވާހަކަ ދައްކަވަން ހުއްޓި ވަޑައިގެން ހުންނެވި ބްރިޖުގެ ގޮތަށް ހަދާފައިވާ ޕޯޑިއަމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށްޓަކައި ކޮށްދޭން ނިންމާފައިވާ ހުރިހާ ކަމެއް މިހާތަނަށް ހިއްސާ ކުރައްވާފައިވާ ކަމަށާއި ދެން ދޭން އޮތީ އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީން ކަން ކަމަށެވެ. ރައްޔިތުންނަށް ކަމުދަނީ މި ކަންކަންތޯ ނުވަތަ މި ފަސް އަހަރު ކުރިއަށް ދިޔަ ގޮތްތޯ ގޮތް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވަނީ މަސައްކަތް ކުރާނީ ކެމްޕެއިންގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، ވެރިކަން ކުރާނީ އަދުލުވެރިކަމާ އެކު އިންސާފުވެރިކަން ގާއިމް ކުރުމަށް ކަމަށެވެ.
ހުޅުދޫގައި މިރޭ ބޭއްވި ކެމްޕެއިނު ޖަލްސާ: މިއީ ދެ ވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުގެ އެންމެ ފަހު މަންޒިލް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތަރައްގީގެ ވާހަކަތަކުގެ ކުރިން އަބަދުވެސް އިސްވާނީ ގައުމުގެ މިނިވަންކަމަށް ވިދާޅުވާ ވާހަކަ މުއިއްޒު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
"ގައުމު މިނިވަންކުރުމަށް ވުރެ ބޮޑު ކަމެއް ނެތް. އަޅުގަނޑުމެންނަށް މި ސިޓީގައި މި ރަށުގައި ފެންވަރު މަސް ފެކްޓަރީގައި ދަޅު ބަންދުކޮށް ވެލިއު އެޑެޑް ޕްރޮޑަކްޓްސް ހަދައި އެތައް ޑެސްޓިނޭޝަނަކަށް ބޭރުކުރާ ފެކްޓަރީ އެޅިދާނެ. މި ބްރިޖު ވެސް އެޅިދާނެ. އެކަމަކު އެ އަށް ވުރެ މާ އިސްކަން ދޭން ޖެހޭ ގައުމީ ޒިންމާ އަދާކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުދޫއިން މިރޭ އަލަށް ޕީޕީއެމާ ގުޅުނު ޒުވާނުން އެ މީހުންގެ މެމްބަޝިޕް ފޯމު ހަވާލުކުރެއްވުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުޅުދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ 100 އެއްހާ ޒުވާނުން ވަނީ އަލަށް ޕީޕީއެމާ ގުޅި، މެމްޝިޕް ފޯމު މުއިއްޒާ ހަވާލުކޮށްފަ އެވެ.
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
އައްޑުއަށް 10،000 ވަޒީފާ އިތުރު ކުރުން އަމާޒަކަށް
މުއިއްޒު އިސްކަންދެއްވީ ހަދާ ދޮގުތައް ސާފުކޮށްދޭން!
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ