26 ސެޕްޓެމްބަރ 2023
ރާއްޖެ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އަބަދުވެސް ރާއްޖެއަށް އަންނަ ބޮލީވުޑްގެ ތަރި، ސޮނާކްޝީ ސިންހާ ޗުއްޓީއަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އަބަދުވެސް ރާއްޖެއަށް އަންނަ ބޮލީވުޑްގެ ތަރި، ސޮނާކްޝީ ސިންހާ ޗުއްޓީއަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ. ޗުއްޓީއަށް އޭނާ ރާއްޖެ އައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ތަރި ސޮނާކްޝީ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި އުނދޯންޏެއްގައި އޮށޯވެލައިގެން.
އެ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޮނާކްޝީ އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އޭގެން ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގައި، އޭނާ މޫދަށް ގޮސް އުޅޭ ތަނާއި ޕޫލަށް އެރިގެން އުޅޭ ތަނާ އަދި ބައިސްކަލް ދުއްވާ ތަން ވެސް ފެނެ އެވެ.
މިދިޔަ އަހަރު ވެސް އޭނާ ރާއްޖެ އައިސްފައިވެ އެވެ. އެފަހަރު އޭނާ ހުރީ ވައްކަރު މޯލްޑިވްސްގަ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ތަރި ސޮނާކްޝީ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ބައިސްކަލް ދުއްވަނީ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސޮނާކްޝީ ރާއްޖެއަށް ކުރި ދަތުރުގައި ވަނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ވެސް ހަދައި، އެއިން 100 މާކްސް ވެސް ހޯދައިފަ އެވެ.
ސޮނާކްޝީ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ކަކުޑާ" ކިޔާ ހޮރޯ ކޮމެޑީ ފިލްމެއްގަ އެވެ. ރިތޭޝް ދޭޝްމުކް އާއި ސާގިބް ސަލީމް ވެސް އުޅޭ އެ ފިލްމު ރިލީޒްކުރަނީ އަންނަ މަހު 13 ގަ އެވެ.
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި
ސޮނާކްޝީ އަނެއްކާވެސް ރާއްޖޭގައި
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ދޮންދަރިފުޅުގެ ވާހަކަތަކުން ހިތަށް ތަދުވޭ: ރުޕަލީ
ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ: ކާތިކް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ދޮގު ޚަބަރު ފަތުރާ މީހުންނަކީ ކޮހުން: އަމީތާބް
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ