Roadha Mihaaru
ބީއެމްއެލްއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

ބީއެމްއެލްއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

21 ސެޕްޓެމްބަރ 2023

ބީއެމްއެލްއިން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބީއެމްއެލްއިން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

މި ކޭމްޕުގައި 46 މުވައްޒަފުން ލޭ ހަދިޔާކުރި އެވެ. ބީއެމްއެލްގެ ލޭ ހަދިޔާކުރުމުގެ ކޭމްޕަކީ ކޮންމެ ތިން މަހަކުން އެއް ފަހަރު ބާއްވަމުންދާ ކޭމްޕެކެވެ. މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުން 60 އަށް ވުރެ ގިނަ ބީއެމްއެލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ކޭމްޕަކީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ ގޮތުން އެ ބެންކުން ބާއްވަމުންދާ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕަކީ މުވައްޒަފުންގެ މެދުގައި އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވާ، ބީއެމްއެލްއިން މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަން ފާހަގަކުރި އެވެ.

ބީއެމްއެލްއިން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރުމުގެ ކޭމްޕު ބާއްވަން ނިންމީ 2021 ވަނަ އަހަރު އެވެ.