Roadha Mihaaru
ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

19 ސެޕްޓެމްބަރ 2023

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު ފެށި މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 15،000ރ. ގެ ގިފްޓު ކާޑެކެވެ. ބޮޑު އިނާމު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ދޭން ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ކަސްޓަމަރެއް ގުރުއަތުން ހޮވާނެ އެވެ. އޭގެ ތެރެއިން 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 750ރ. ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި 500 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި 1،000 ޑޮލަރުން މަތީގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500ރ. ގެ ގިފްޓް ކާޑެއް ވެސް ކޮންމެ ހަފްތާއަކު ލިބޭނެ އެވެ.

ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.