Roadha Mihaaru
ސިވިލް ކޯޓުގެ އިސްގާޒީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސްގާޒީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

20 ސެޕްޓެމްބަރ 2023

ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

މިދިޔަ މެއި މަހު އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ.

ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ. ގޭގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ އަވަހާރަ ވެފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިސްގާޒީ ނިމާލް އިއްޔެ ވެސް އޮފީހަށް ވަޑައިގެން އުޅުއްވި ކަމަށާއި ހުރިހާ ކަމެއް ވެސް ފެނުނީ އާދައިގެ ގޮތަކަށް ކަމަށެވެ.

"އިއްޔެ ވެސް އޮފީހަށް ވަޑައިގެން މަސައްކަތުގައި އުޅުއްވި. ބައެއް ބޭފުޅުންނާ އެކު ކޮފީއަށް ވަޑައިގެން ހަމަ އާދައިގެ ގޮތެއްގައި އުޅުއްވީ. ސިއްހީ އެއްވެސް ކަމެއް ދިމާވެގެން އުޅުއްވި ކަމެއް އެނގިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މާޗް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.