Roadha Mihaaru
ޔާމީން މިނިވަންކުރަން ވަރަށް ބޮޑަށް ބޭނުންވޭ: ނާޒިމް

ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވަނީ އަޅުގަނޑު: ނާޒިމް

14 ސެޕްޓެމްބަރ 2023

ވ. އާރަށުގެ މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވާ ބޭފުޅަކީ އޭނާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އއ. ފެރިދޫން އިފްރާޒް އަލީ

ވ. އާރަށުގެ މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވާ ބޭފުޅަކީ އޭނާ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ޕާޓީ، އެމްއެންޕީގެ ފަރާތުން ވާދަކުރައްވައި، ފުރަތަމަ ބުރުން ނާޒިމް ވަނީ ބަލިވެފަ އެވެ. ފުރަތަމަ ބުރުގައި އެންމެ 2،000 އެއްހާ ވޯޓު ހޯއްދެވި ނާޒިމްގެ ޕާޓީން މިހާރު ވަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމައި، ކޯލިޝަން ހަދައިފަ އެވެ.

ދެވަނަ ބުރުގެ ކެމްޕެއިނަށް އއ. އަދި އދ. ގެ ރަށްތަކަށް މުއިއްޒު މިއަދު ފެއްޓެވި ދަތުރުގައި ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ މުއިއްޒުގެ ކެމްޕެއިނަށް މުއިއްޒާ އެކު ނާޒިމް ކުރައްވާ ފުރަތަަަ ދަތުރެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

އއ. ފެރިދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާ އެއްވެސް ވެރިޔަކު ޖަލުގައި ހުންނަވަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ނޭދެމޭ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާކަށް. ސެލެކްޓިވް ޖަސްޓިސް، ވަކި ބޭފުޅަކަށް ހަރާން ހުކުމެއް ކޮށްގެން ދާ ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން."

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

ނާޒިމް ވިދާޅުވި ގޮތުގައި، އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދީ ވަކި ކަމަކަށް ޝަރުތު ކޮށްފައި ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ. މި ކޯލިޝަން ހެދީ ސަރުކާރުން ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެ، ދިވެހިންގެ މިނިވަން ކަމަށް ހުރަސްއެޅޭ ގޮތަށް ކަންކަން ކުރަމުން ދާތީ އެކަމަށް ނިމުމެއް ގެނައުމުގެ ނިޔަތުގަ އެވެ.