ކުއްޖަކު ހޯދަން އާއިލާއިން އެއްވެސް ޕްރެޝާއެއް ނުކުރާ ކަމަށް ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލް ބުނެފި އެވެ.
ކުއްޖަކު ހޯދަން އާއިލާއިން އެއްވެސް ޕްރެޝާއެއް ނުކުރާ ކަމަށް ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލް ބުނެފި އެވެ.
ވިކީ އާއި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ކައިވެނި ކުރީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
ކުއްޖަކު ހޯދުމާ ގުޅޭ ވާހަކަ ވިކީ ދެއްކީ މި މަހު 22 ގައި ނުކުންނަ އޭނާގެ އާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމެލީ"ގެ ޕްރޮމޯޝަނަށް ބޭއްވި އިވެންޓެއްގައި ފޭނަކު ސުވާލުކުރުމުންނެވެ. ވިކީއާ ކުރި ސުވާލަކީ ކުއްޖަކު ހޯދަން ދެ ފަރާތުގެ އާއިލާއިން އެއްވެސް ޕްރެޝާއެއް ކުރޭ ހެއްޔެވެ.
"އެއްވެސް މީހަކު އެ ވާހަކަ ނުދައްކާ،" ވިކީ ބުންޏެވެ.
އެ އިވެންޓުގައި ވަނީ ވިކީ އާއި ކެޓްރީނާގެ ގުޅުމުގެ ވާހަކަ އާއިލާގެ ތެރެއިން އެންމެ ފުރަތަމަ އެނގުނީ ކާކަށްތޯ ވެސް އަހައިފަ އެވެ. ވަކީ ބުނި ގޮތުގައި، އެ ވާހަކަ އެންމެ ފުރަތަމަ ވެސް އޭނާ ބުނީ މަންމަ އާއި ބައްޕަ ގާތުގަ އެވެ.
ވިކީގެ އާ ފިލްމެއް ނެރެން ތައްޔާރުވަމުން އަންނައިރު، ކެޓްރީނާ ވެސް އަންނަނީ އާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ ނޮވެމްބަރު މަހު ނެރޭ ގޮތަށް އޮތް ސަލްމާން ހާންގެ "ޓައިގާ 3" ގަ އެވެ.
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
އިސްތަށިގަނޑު އޮމާނީ މައިދައިތަގެ ސަބަބުން: ކެޓްރީނާ
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަހަރެން މިހާރު ސިންގަލް: އަރްޖުން