10 ސެޕްޓެމްބަރ 2023
ސްކޯޕްޔާ (ސެޕްޓެމްބަރު 10) - ދުނިޔޭގެ ރޭންކިންގެ ގަދަ 50 އަށް ވުރެ ވެސް ދަށުގައި އޮތް ނޯތު މެސެޑޯނިއާ އިން އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ސްކޯޕްޔާ (ސެޕްޓެމްބަރު 10) - ދުނިޔޭގެ ރޭންކިންގެ ގަދަ 50 އަށް ވުރެ ވެސް ދަށުގައި އޮތް ނޯތު މެސެޑޯނިއާ އިން އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ޔޫރޯ ކޮލިފައިންގައި ރޭ މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ސީރޯ އިމޯބިލޭ އިޓަލީއަށް ލީޑު ނަގައިދީފައި ވަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް މެސެޑޯނިއާ އެއްވަރުކުރީ ހިލޭޖެހުމަކުން ގޯލު ޖަހައިގެންނެވެ.
އިޓަލީން 2020 ވަނަ އަހަރު ޔޫރޯ މުބާރާތް ކާމިޔާބު ކުރި ފަހުން، މިދިޔަ އަހަރު ފަހުކޮޅު އޮތް ވޯލްޑް ކަޕަށް އެޓީމު ކޮލިފައި އެއް ނުވި އެވެ. ވޯލްޑް ކަޕް ކޮލިފައިން އިން އިޓަލީ ކެޓީ، މިދިޔަ އަހަރުގެ ކުރީކޮޅު އޮތް ޕްލޭއޮފް ބުރުގައި ނޯތު މެސެޑޯނިއާ އަތުން 1-0 އިން ބަލިވެގެންނެވެ.
މިއަހަރު މާޗު މަހު ފެށި އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި އިޓަލީ އާއި ނޯތު މެސެޑޯނިއާ ހިމެނެނީ، އިންގްލެންޑާއި ޔޫކްރޭން އަދި މާލްޓާ އާއެކު ގުރޫޕް ސީގަ އެވެ. ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ލިބޭއިރު، މިހާތަނަށް ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު އިޓަލީ އޮތީ ތިންވަނައިގަ އެވެ. ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ނޯތު މެސެޑޯނިއާ އޮތީ ހަތަރުވަނައިގަ އެވެ.
ގަދަ ދެ ޓީމު ތެރޭގައި ނުހިމެނުނަސް، ޕްލޭއޮފްގައި ކުޅެގެން ޔޫރޯ މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު މި ގުރޫޕުން އިޓަލީއަށް އެބަ އޮތެވެ. އިޓަލީ ވަނީ 2022/2023 ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ކުޅެ، ތިންވަނަ ހޯދައިފަ އެވެ.
ކައިލް ވޯކާ، އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދޭން ގޯލު ޖަހަނީ.--
ކޮލިފައިން ގުރޫޕް ސީގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ އިންގްލެންޑެވެ. ދެވަނައިގައި އޮތް ޔޫކްރޭން ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ.
އިންގްލެންޑާއި ޔޫކްރޭން ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފުގައި އޮލެކްސެންޑާ ޒިންޗެންކޯ ޔޫކްރޭނަށް ލީޑު ނަގައިދީފައި ވަނިކޮށް ހާފު ނިމެނިކޮށް އިންގްލެންޑަށް އެއްވަރު ކޮށްދިނީ ކައިލް ވޯކާ އެވެ. މިއީ ވޯކާ ގައުމީ ޓީމަށް ކުޅުނު 77 ވަނަ މެޗުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ޔޫކްރޭނާ ދެކޮޅަށް އިންގްލެންޑު ކުޅުނީ ޕޮލެންޑުގައި 40،000 އެއްހާ ޔޫކްރޭން ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.
"އަހަރެމެން ކޮންމެ މެޗެއްގައި ހަތަރެއް ނޫނީ ހަތް ގޯލު ޖަހައިގެން އަހަރެމެން މޮޅެއް ނުވާނެ، މިއީ ރަނގަޅު ޓެސްޓެއް. ރަށުން ބޭރުގައި ވަރަށް ޕެޝަނޭޓް ސަޕޯޓަރުންނެއް ކުރިމަތީ މި ކުޅުނީ،" މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ގެރެތު ސައުތު ގޭޓް ބުންޏެވެ.
ކޮލިފައިންގައި އިންގްލެންޑާއި އިޓަލީ އަށް ކާމިޔާބު ރެއެއް
އިޓަލީ އަތުން އިންގްލެންޑަށް މޮޅެއް، ކޭން އަށް ރެކޯޑެއް
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ގާ އަޅަން އުޅުނު ގާޓީ އިޓަލީގެ ގައުމީ ޓީމަށް
ސަޕޯޓަރުން ވަނުން މަނާ، ދަނޑަށް ވައްދާނީ ކުޑަކުދިން
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީ އަށް
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު
އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރާ ގާތަށް