Roadha Mihaaru
ސުޕްރީމް ކޯޓުން ވަގަށް އަނބު ބިން މީހާގެ ބަންދަށް

ސުޕްރީމް ކޯޓުން ވަގަށް އަނބު ބިން މީހާގެ ބަންދަށް 15 ދުވަސް

09 ސެޕްޓެމްބަރ 2023

ސުޕްރީމް ކޯޓު ގޯތިތެރޭގައި ހުންނަ އަނބު ގަހުން ރޭ ދަންވަރު ވަގަށް އަނބު ބިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސުޕްރީމް ކޯޓު ގޯތިތެރޭގައި ހުންނަ އަނބު ގަހުން ރޭ ދަންވަރު ވަގަށް އަނބު ބިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސިފައިން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ސުޕްރީމް ކޯޓުގައި ހުންނަ އަނބުގަހުން ރޭ ދަންވަރު 12:00 ހާއިރު އަނބު ބިންނަނިކޮށް ފުލުހުން ގޮސް ހައްޔަރުކުރި އިރު އެ މީހާ 60 އަށް ވުރެ ގިނަ އަނބު ބިނދެފައިވާ ކަމަށް އެނގިފައިވެ އެވެ.

ބިނދެފައި ހުރި އަނބުތަކާ އެކު ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ.

ތީމުގޭ ގޯތިތެރޭ، އޯކިޑު މަގަށް ވާ ގޮތަށް ހުންނަ އަނބު ގަސްތަކަކީ ކޮންމެ އަހަރަކު ވެސް އަނބު މޫސުމުގައި ގިނަ އަދަދަކަށް އަނބު އަޅާ ގަސްތަކެކެވެ.