Roadha Mihaaru
ޑިމޮކްރެޓްސްއިން ފަރުދުން ފުދުންތެރިކުރުވާނެ: އީވާ

އާދޭސްކުރަންޖެހުން ނިމުމަކަށް ގެނެސް ފަރުދުންގެ ފުދުންތެރިކަން ޑިމޮކްރެޓްސް އިން ހޯދައިދޭނެ: އީވާ

08 ސެޕްޓެމްބަރ 2023

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް ޕާޓީ ނުކުމެ ތިބީ ފަރުދުންގެ ތަނަވަސްކަން އިތުރުކޮށްދީ، ދިވެހިންނަށް ހައްގުވާ އަބުރުވެރި ދިރިއުޅުން ހޯދައިދޭން ކަމަށާއި މިހާރު އޮތް އާދޭސްކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނެސްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް ޕާޓީ ނުކުމެ ތިބީ ފަރުދުންގެ ތަނަވަސްކަން އިތުރުކޮށްދީ، ދިވެހިންނަށް ހައްގުވާ އަބުރުވެރި ދިރިއުޅުން ހޯދައިދޭން ކަމަށާއި މިހާރު އޮތް އާދޭސްކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނެސްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެމްޕެއިން ނިންމުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވީ ވެރިކަން ބައްޓަން ވެފައި އޮތީ ކަންކަމަށް އެދި ވެރިން ގާތު އާދޭސް ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިންނަށް އަޅުދާސްވުމާއި ވައްކަމާއި މި ފަސް އަހަރުތެރޭގައި އާންމު ކަމަކަށް ހަދާފައިވާ ކަމަށާއި ޑިމޮކްރެޓުން ނުކުމެ ތިބީ އެ ކަން ބަދަލުކުރުމަށް ކަމަށެވެ.

Farudhun ge ammudhanee 5 guna ithurukoh dheynan: Ilyas

Farudhun ge ammudhanee 5 guna ithurukoh dheynan: Ilyas

The most trusted news source in the Maldives

Mihaaru

ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި، ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރު ކުރުމަށް ހިމަނާފައިވޭ

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނުކުމެ މި ތިބީ، އިރާދަކުރެއްވިއްޔާ މިއީކީ އޮތް ގޮތް ނޫން ކަން އަނެއްކާ ވެސް ދައްކާން ވެގެން. ވެރިން ކިބައިން އާދޭސްކުރުމަކީ އާމްދަނީއަކަށްޓަކައި ވަޒީފާއަކަށްޓަކައި ވިޔަފާރިކޮށްލާށާއި ހަމަޖެހިލައިގެން އުޅުމަށާއި ވެރިން ކައިރިން އާދޭސްކުރުމަކީ އެއީ ދިވެހިންނަށް އޮތް ގޮތް ނޫން ކަން ދައްކަން ވެގެން،" އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހިންގެ ފަރުދުންގެ ތަނަވަސްކަމާއި އަބުރުވެރި ހަޔާތަށް އަޅުގަނޑުމެން ކުރި އުންމީދު ހިލާ ފަނޑު ނުވާތީ،"

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެމްޕެއިނު ނިންމުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ޕާޓީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ސިމްވާރު / ޓްވިޓާ

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެމްޕެއިނު ނިންމުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ޕާޓީގެ އިސް ބައެއް ބޭފުޅުން. -- ފޮޓޯ: ސިމްވާރު / ޓްވިޓާ

އެ ޕާޓީން ވެރިކަން ހޯދުމަށް ނުކުމެ ތިބީ ސިޔާސަތަކާއެކުގައި ކަމަށާއި އެއީ މީހުން މުހިންމު ވެގެން އެކުލަވާފައިވާ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެއީ އެކުއެކީގައި އެންމެންގެ ހާލަތު "ހިއްލާލެވޭނެ" އަދި ދާއިމަށް ފައިދާވާނެ ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އީވާ ވިދާޅުވީ، ވެރިއަކު ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވީމާ އެކަން ކޮށްދޭތަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނިފައިވާ ކަމަށެވެ.

"ވެރިކަމުގެ ފުރަތަމަ ތިން އަހަރު އާސަންދަ ލިބި، ދިވެހިރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލައިފި. ތިން އަހަރުވީއިރު ވެށިފަހި މާލެ ޕްރޮގްރާމް ހިންގައިފި. އެއް އަހަރު ވީއިރު އެކަނިވެރި މައިންނަށް އިނާޔަތްދީފި. އެއް އަހަރު ވީއިރު ދޮށީ އުމުރު މީހުންނަށް އިނާޔަތް ދީފި. އެއް އަހަރު ވީއިރު ފޮތް ފަންސޫރަށް ސަލާން ޖެހުން ނައްތާލައިފި. އަށް މަސް ދުވަސްތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓު ހައުސްތައް އަޅާލައިފި، ވެރިކަމުގެ ފުރަތަމަ ދުުވަހު މަހުގެ އަގު ހިއްލާލައިފި،" އީވާ ވިދާޅުވި އެވެ.

މި މިސާލު ނަންގަވައި އީވާ ވިދާޅުވީ، މިއަދު ވެރިކަމަށް ނުކުމެ ތިބީ އެ ތެދުވެރިކަމާއި އިހުލާތެރިކަމާއި އެ ސްޕީޑާއި އެ ފެންވަރާއި ފިކުރުގެ ދަރިވަރުން ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބޭފުޅުން ވެސް ވަނީ ފަރުދުންގެ ފުދުންތެރިކަން އިތުރުކުން އެއީ ޑިމޮކްރެޓްސްގެ އެންމެ ބޮޑު އަމާޒު ކަމަށް ހަދާނެކަން ފާހަގަކުރައްވައި، އެކަން ހާސިލްކުރުމަށް ޕާޓީން ގެންގުޅޭނެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.