04 ސެޕްޓެމްބަރ 2023
ބޫޓާންގައި ކުރިއަށްދާ މިއަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޕާކިސްތާން އަތުން ބަލިވެއްޖެ އެވެ.
ބޫޓާންގައި ކުރިއަށްދާ މިއަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުން 3-0 އިން ޕާކިސްތާން އަތުން ބަލިވެއްޖެ އެވެ.
ޕާކިސްތާނުން ފުރަތަމަ ގޯލު 14 ވަނަ މިނިޓުގައި ކާމިޔާބުކުރީ ސުބްހާން ކަރީމް އެވެ. ލީޑު ފުޅާކުރި ގޯލު 39 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އަބްދުއްސަމަދެވެ. ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ތިންވަނަ ގޯލު ޖެހީ މަޖީދު އަލީ އެވެ.
މި ނަތީޖާއާ އެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ޕާކިސްތާން މިވަނީ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފަ އެވެ.
ހޮނިހިރު ދުވަހު ފެށި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕާކިސްތާން އަދި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑީއާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ.
ގުރޫޕްގެ ފުރަތަމަ މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ބޫޓާނާ ދެކޮޅަށް ފަހަތުން އަރައި 2-1 އިންނެވެ. ގުރޫޕްގެ ފަހު މެޗުހައި ބުދަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނާނެ އެވެ.
މިއަދުގެ މެޗުގައި، ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ހަތަރު ކުއްޖަކު ވަނީ ފުރަތަމަ 11ގައި ކުޅެފައި ވެއެވެ. އެއީ ލީގު ތާރީހުގައި ވެސް އެންމެ ޒުވާން ސްކޮޑަކާ އެކު ކުޅޭ ކްލަބް ވެލެންސިއާގެ ޔޫސުފް އަޔާން އާމިރު (އާންބެ)، މުހައްމަދު އިލާން އިމްރާން، އީތަން އިބްރާހިމް ޒަކީ އަދި އަހުމަދު ކާއިން ގަޔާޝް އެވެ. ގައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަޔާން އެވެ.
ލީގުގައި ހަތް މެޗު ކުޅުމަށް ފަހު އީތަން މިހާރު ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސްޕެއިންގެ އީއެފް ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމާ ގުޅިފަ އެވެ. އީތަން އާއި އިލާން އަދި ކާއިން އާއި އަޔާނަކީ ވެސް އެންމެ ފަހުން އޮތް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލުން ފާހަގަވި ކުޅުންތެރިންނެވެ. މީގެ އިތުރުން މިއަދުގެ ފުރަތަމަ 11 ގައި ހިމެނުނު އަބްދުﷲ އައިދާން ސާޖިދާއި މުހައްމަދު ލާމިހު އިމްތިޔާޒް އަދި ކާއިން އަބްދުﷲ ފާއިޒް ވެސް އެއީ އިސްކަންދަރު ސްކޫލުގެ ކުޅުންތެރިންނެވެ.
އިސްކަންދަރު ސްކޫލް ޓީމަށް ކުޅުނު ހަތް ކުޅުންތެރިންގެ އިތުރުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނީ ކަލާފާނު ސްކޫލުގެ މުހައްމަދު ޒީކް އަހުމަދާއި އިމާދުއްދީން ސްކޫލުގެ އަހުމަދު މިކްޔާލް މުއީން އަދި ރެހެންދި ސްކޫލުގެ އަލީ ހައިޒޫމް ހަސަން އެވެ. ގޯލު ބެލެހެއްޓީ ހުރާ ސްކޫލުގެ އަހުމަދު މިފްޒާލް އެވެ.
ޕާކިސްތާނުން ޑޮމިނޭޓް ކުރި މި މެޗުގައި ރާއްޖެއަށް ހަމަލާއެއް ފޮނުވާލެވުނީ އިދިކޮޅު ޓީމުން ތިން ގޯލު ޖެހި ފަހުންނެވެ. އީތަން ނަގައިދިން ކޯނަރު ކާއިން ގަޔާޝް ބޮލުން ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ފަސޭހަ ކަމާއެކު ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭން ކައުންޓާ އެޓޭކްތަކުގައި ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.
ކީޕަރު މިފްޒާލް ވަނީ ޕާކިސްތާނުގެ މުހައްމަދު ޝަހަބް އާއި އަބްދުލް ގަނީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފަ އެވެ.
ރާއްޖެ ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ސެމީއަށް
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ރާއްޖޭން ބަންގްލަދޭޝް އަތުން ޕޮއިންޓެއް ހޯދައިފި
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި
ސްޓިމަކް ދެމެޗަށް ސަސްޕެންޑް، 500 ޑޮލަރުން ޖޫރިމަނާ
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟