29 އޯގަސްޓް 2023
ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން ރައީސް އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީ އަށް އަންގައިފި އެވެ.
ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން ރައީސް އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީ އަށް އަންގައިފި އެވެ.
މިނިސްޓަރު އައިޝަތު ނަހުލާއަށް އެޑްރެސްކުރައްވައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއްގަމު އުޅަނދުގެ ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ބުންޏަސް އެ ކޮމިޓީ އެކުލަވާލިކަން ނުފެންނަ ކަމަށް ޖޭޕީގެ ސްލޮޓްގައި ވަޒީރުކަމުގައި ހުންނެވި ނަހުލާ އަށް ފޮނުއްވި ސިޓީގައި ވެ އެވެ.
އެ ކަންކަމާ ގުޅިގެން، ޑޮމެއިންތަކުގެ ތަފްސީލު ފޮނުވައި، ވަކި ގޮތެއް އަންގަންދެން އޭގެ މުއާމަލާތުތައް ހުއްޓާލުމަށް ރައީސް އޮފީހުން އެނގި އެވެ.
"މި ދައުރުގެ ތެރޭގައި މިހާތަނަށް ދެވިފައިވާ ޑޮމެއިންތަކުގެ ތަފްސީލާއި ޑޮމެއިން ވިއްކުމާ ގުޅޭގޮތުން ތިޔަ މިނިސްޓްރީން އަމަލުކުރައްވަމުން އަންނަ އުސޫލަކާއި ޑޮމެއިން ވިއްކުމާ ގުޅޭ ކަންކަން އިސްވެ ހަވާލާދެވުނު ގަވައިދާ އެއްގޮތަށް ނުހިންގިވާ ސަބަބެއް ވެވަޑައިގެން އެންމެ އަވަހަކަށް އަންގަވައިދެއްވުން އެދެމެވެ،" އަލީ ޒާހިރުގެ ސިޓީގައިވެ އެވެ.
"..މި އޮފީހުން ވަކި ގޮތެއް އަންގަވަންދެން ޑޮމެއިންއާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް ނުކުރެވުމަށް ދެންނެވީމެވެ."
ޑޮމެއިންގެ މައްސަލަ ކުއްލިއަކަށް ފެންމަތި މިވީ ނަހުލާއާ އެންމެ އަރިސް އެއްބޭފުޅާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ޖޭޕީ ދޫކުރައްވައި މި މަހުގެ 15 ގައި އެމްޑީޕީ އަށް ސޮއިކުރެއްވި ފަހުންނެވެ. އޭގެ ފަހުން ހަމަދު ގެންދަވަނީ ކޮރަޕްޝަނާ ގުޅޭ އެކި ތުހުމަތުތައް ނަހުލާ އަށް ކުރައްވަމުންނެވެ.
ޑޮމެއިން ވިއްކުން އަންނަ މަހު އަލުން ފަށަނީ
މުޅިން އާ ކޮންސެޕްޓަކަށް އަލުން ޑޮމެއިން ވިއްކަންފަށަނީ
ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފި
ޔޫކޭއާއެކު މެރިޓައިމް ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް
އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ބަހައްޓައިފި
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ
ރަޖިސްޓްރީ ބާތިލްކުރުން:ސަރުކާރަށް ހައިކޯޓުން ނާކާމިޔާބު
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ