27 އޯގަސްޓް 2023
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ ފޮނުވޭ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ"އިގެ އެޕްލިކޭޝަނެއްގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ ފޮނުވޭ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ"އިގެ އެޕްލިކޭޝަނެއްގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
ރޭ ތައާރަފްކުރި، އިންސްޓެންޓް ޕޭމެންޓް ސިސްޓަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓާ، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވީ، އާ ޕޭމެންޓް ސިސްޓަމްގެ އެޕްލިކޭޝަންގައި މިހާރު ދޭ ހިދުމަތްތަކުގެ އިތުރުން މުޅިން އާ ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ ފަވަރައިގެ އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެވަނަ ސްޓޭޖުގައި މި ތައްޔާރު ކުރަނީ ރެޑިލީ މޭޑް ވައިޓް ލޭބަލް އެޕްލިކޭޝަނެއް. ވައިޓް ލޭބަލް އެޕްލިކޭޝަން މިއީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްގެން ނެރޭ އެޕްލިކޭޝަނެއް. އޭގަ ހަމަ މި ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ. އަދި އޭގެ އިތުރުން ކިއުއާރް ކޯޑު ބޭނުންކޮށްގެން ވެސް ޕޭމެންޓްތައް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ މަރުހަލާގައި ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ވެސް ހިދުމަތްތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ވަގުތު އީ-ވޮލެޓްތަކުގެ ހިދުމަތް ދޭ އުރީދޫ އާއި ދިރާގާއި އެކު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ، ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.
ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް މި ވަގުތު ބޭނުން ކުރެވޭނީ ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ އިންޓަނެޓް ބޭންކިން އާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި މި ވަގުތު ރާއްޖޭގައި ހިދުމަތް ދޭ އިތުރު ހަތަރު ބޭންކާ އެކު ޓެސްޓިން މަރުހަލާ ކުރިއަށް ގެންދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ.
އިތުރު ދެ ބޭންކަކުން ފަވަރައިގެ ހިދުމަތް ދޭން ފަށައިފި
އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކޮށްފި
ޕޭމަންޓް ސިސްޓަމް ޓެސްޓް ކުރަން ފަށައިފި
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ
އާ ޕޭމަންޓް ސިސްޓަމް މި އަހަރުގެ ތެރޭގައި
ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު
އެމްއެމްއޭގެ ޑާޓާ އާޓް މުބާރާތުން 5،000ރ. ލިބޭނެ
އެމްއެމްއޭގެ ފުރަތަމަ ރިސާޗް ކޮންފަރެންސް ފަށައިފި
ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ތަސްދީގުކުރައްވައިފި
ވިޔަފާރިތަކުން ޑޮލަރުމާރުކުރުން ލާޒިމްވާ ބިލް ފާސްކޮށްފި