Roadha Mihaaru
ދުވާފަރު ބޭނުމީ އެއާޕޯޓެއް، ރައީސް ދެއްވީ އުއްމީދެއް

ދުވާފަރުން އެދުނީ އެއާޕޯޓަކަށް، ރައީސް ވިދާޅުވީ ރައްޔިތުން މާޔޫސްވިޔަ ނުދޭނެ ކަމަށް

23 އޯގަސްޓް 2023

ރ. ދުވާފަރުގައި އެއާޕޯޓެއް އަޅައިދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށާއި އެކަމާ މެދު ރައްޔިތުން މާޔޫސްވިޔަ ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. ދުވާފަރުގައި އެއާޕޯޓެއް އަޅައިދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށާއި އެކަމާ މެދު ރައްޔިތުން މާޔޫސްވިޔަ ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މި ރަށަށް މިއަދު ހަވީރު ވަޑައިގެންނެވިއިރު ސަލާމްކުރެއްވި ކޮންމެ ތިން މީހަކުން އެކަކު އެދުނީ މި ރަށުގައި އެއާޕޯޓެއް އެޅުމަށް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖެ ތަރަައްގީކޮށް އިގުތިސޯދު ދެ ގުނަ ކުރަން ކުރާ އެއް ކަމަކީ ކަނޑާއި ވައިގެ މަގުން ރަށްތައް ގުޅުވާލުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް ބޮލާލާ ނުޖައްސަވާނެ ކަމަށާއި އެއާޕޯޓާ މެދު އުއްމީދެއް ވާނަމަ ދުވާފަރު ރައްޔިތުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ރައީސް ވިދާޅުވި ގޮތުގައި، ލޯންޗުގައި 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަމަށާއި އެކަން ތަންފީޒުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، އެ ސިޔާސަތާ އެކު، ދުވާފަރު ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓެއް އެޅުމާ ގުޅޭ ގޮތުން ޕޮލިސީ ޓީމާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް، މިރޭ ދުވާފަރުގައި ބޭއްވި ޖަލްސާއަށް ވަޑައިގަންނަވަނީ

ރައީސް، މިރޭ ދުވާފަރުގައި ބޭއްވި ޖަލްސާއަށް ވަޑައިގަންނަވަނީ

ދުވާފަރުގައި އެޅުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީ އަދި ޕޮލިސީ ޓީމާ އެކު އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް ބޮލާލާ ނުޖައްސަވާނެ ކަމަށާއި އެއާޕޯޓާ މެދު އުއްމީދެއް ވާނަމަ ދުވާފަރު ރައްޔިތުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށެވެ.

އެކަން ކާމިޔާބުކޮށް އުއްމީދުތަކުގައި ކުލަ ޖައްސައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ދުވާފަރުގައި އެއާޕޯޓެއް އެޅުމާ މެދު މަޝްވަރާކުރާއިރު، މި ރަށް ކައިރީގައި މިހާރު ވެސް ރ. އިފުރު އެއާޕޯޓު އެބައޮތެވެ. ލޯންޗުގައި 15 މިނެޓުން އެ ރަށަށް ދަތުރުކުރެވެ އެވެ. އޭގެއިތުރުން ރ. އަތޮޅުގައި ދެ އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެއީ ރ. އަލިފުށީގައި އަދި ބެރިޔަންފަރުގަ އެވެ.

އަލިފުށީ އެއާޕޯޓްގެ މަސައްކަތް ފަށާފައިވާއިރު ބެރިޔަންފަރު އެއާޕޯޓަށް އިންވެސްޓަރަކު ދަނީ ހޯދަމުންނެވެ.

ދުވާފަރުގެ ރައްޔިތަކު ރައީސަށް ސަޕޯޓްކުރުމުގެ ގޮތުން ނަށަނީ

ދުވާފަރުގެ ރައްޔިތަކު ރައީސަށް ސަޕޯޓްކުރުމުގެ ގޮތުން ނަށަނީ

ދުވާފަރަށް ރައީސްގެ ވައުދު

- ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން

- އާރްޓީއެލް ބަހުގެ ހިދުމަތް ފެށުން

- މަސް ޕްރޮސެސް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން