23 އޯގަސްޓް 2023
ރ. މީދޫގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރ. މީދޫގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅުގެ ތިންވަނަ ރަށް، މީދު އަށް ވަޑައިގެން، ބަނދަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ތަރައްގީ އަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. މި ރަށުގެ ތަރައްގީއަށް ވެސް ބައެއް ކަންތައްތައް ކޮށްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
އެއް ކަމަކީ، ރަށުގެ ހޮސްޕިޓަލް އިމާރާތް ކުރުމެވެ. އެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން، ބަނދަރު ބޮޑުކުރުމަށް ވެސް އެދިފައިވާ ކަމަށާއި އެކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަށް ކައިރީގައި ގިނަ ރިސޯޓުތައް ހިންގާއިރު، އެ ރިސޯޓުތަކުން ވެސް މީދޫގެ ބަނދަރު ބޭނުންކުރާތީ މުޅި ބަނދަރު އޮތީ ފުރިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އާބާދީގައި 2،257 މީހުން ދިރިއުޅޭ މީދޫގެ ބިން ފުރިފައި އޮތުމުން، ބޯހިޔާވަހިކަމަށް ވެސް ދަތިކަން ކުރިމަތިވެފައިވެ އެވެ. ރައީސް ވަނީ، ރަށް ހިއްކެން އޮތް މިންވަރަކަށް ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީދުއަށް ވަޑައިގެން، މި ރަށުގެ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ މި ރަށުގެ ބޮޑެތި މަގުތަކުގައި ގާ އަތުރައިގެން ހަދައިފަ އެވެ. ރައީސް ވަނީ، ބާކީ ހުރި މަގުތަކުގައި ތާރު އަޅައިގެން ހަދައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.
އާ ބޮޑު މިސްކިތެއް ހެދުމަށާއި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން އާ އިންޖީނުގެ އަޅައި، ކަރަންޓު ނެޓްވޯކް ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ޒުވާނުން ބޭނުންވާ ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑުގެ ރޮސްޓްރޮމް އަޅައި ކޮމިއުނިޓީ ސެންޓަރެއް ހަދައިދިނުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މި ސަރުކާރުން ވަނީ މި ރަށުގެ ފުޓްބޯޅަ ދަނޑާއި ތައުލީމީ މަރުކަޒުގައި ދެ ބުރީގެ އިމާރާތް އަޅައި އަދި ކުޑަކުދިންގެ ޕާކެއް ހަދައިދީފަ އެވެ. އޭގެ އިތުރުން، އައުޓްޑޯ ޖިމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވެ އެވެ.
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ކެމްޕޭނަށް ފުރުސަތު ދޭން ރައީސް އެދިވަޑައިގެންފި
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ހުޅުދުއްފާރުގައި ރައީސްގެ ހަނދާނަށް އަބްދުﷲ ގާޒީ
ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅެއް ނުވާނެ: ރައީސް