21 އޯގަސްޓް 2023
ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާ އަންނަ މަހުގެ 25 ގައި ކައިވެނިކުރަން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާ އަންނަ މަހުގެ 25 ގައި ކައިވެނިކުރަން ނިންމައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، އެ ދެ މީހުންގެ ކައިވެނި ހަފުލާ ބާއްވަނީ ރާޖިސްތާނުގައި ހުންނަ ތާރީހީ ބިނާއެއް ކަމަށްވާ އުމައިދު ބަވަންގަ އެވެ. އެއީ ޕަރިނީތީއާ ދެބެންގެދެދަރި، ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި ހަފުލާ ވެސް ބޭއްވި ތަނެވެ.
އެ މީހުންގެ ކައިވެނީގެ ސަންގީތު އާއި މެހެންދީގެ ހަފުލާ ވެސް އޮންނަނީ އަންނަ މަހުގެ 23،24 ގައި ރާޖިސްތާނުގަ އެވެ. ކައިވެންޏަށް ފަހު، ގުރުގާމްގައި އެ މީހުންގެ އާއިލާ އާއި ރައްޓެހިންނަށް ކައިވެނި ޕާޓީއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
ޕަރިނީތީ ޗޯޕްރާ (ކ) އާއި ރަގަވް ޗާދާ އެންގޭޖުމަންޓު ޕާޓީގައި ނެގި ފޮޓޯއެއް.
ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނުތާ ގިނަ ދުވަސްތަކެއްވީ ފަހުން، ޕަރިނީތީ އާއި ރާގަވް އެންގޭޖުވީ މިދިޔަ މެއި މަހު 13 ގަ އެވެ.
ޕަރިނިތީ، 34، އާއި ރަގަވް، 34، އަކީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސްގައި ކިޔެވިއިރު، ކްލާސްމޭޓުންނެވެ. އޭރުއްސުރެ އެ މީހުންނަކީ ވަރަށް ގާތް ރައްޓެހިންނެވެ.
ރަގަވް އަކީ އިންޑިއާގެ ޕަންޖާބުގެ، ރަޖްޔާ ސާބާ ޕާލަމެންޓުގެ އެންމެ ހަގު މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން ދިއްލީގެ ސިޔާސީ އިސް މަގާމުތައް އަދާކޮށްފަ އެވެ.
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
ޕަރިނީތީގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަނީ
ރާގަވް އާއި ޕަރިނީތީ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިދާތު އާއި އަދިތީ ކައިވެނިކޮށްފި
ރާގާވްއާ އިން ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ
ޝްރަދާ ވަރަށް އަވަހަށް ކައިވެނިކުރަނީ
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
ޕަރިނީތީ ހަނީމޫނަށް ނުގޮސް ރާއްޖެ އަތުވެއްޖެ