ބޮލީވުޑްގެ ތަރި ޝްރަދާ ކަޕޫރް ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ޝްރަދާ ކަޕޫރް ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝްރަދާ، 37، މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފިލްމު ރައިޓަރެއް ކަމަށްވާ ރާހުލް މޯދީ، 32، އާ އެވެ. އެ މީހުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވިޔަސް، އެ ގުޅުމާ ބެހޭ ގޮތުން އެ ދެމީހުން ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ނަމަވެސް އެ ދެމީހުން އެކުގައި ބޭރުތެރެއިން ވަރަށް ގިނައިން ފެނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޝްރަދާ އާއި ރާހުލް މިހާރު ވަނީ ކައިވެނިކުރަން ނިންމައިފަ އެވެ. އަދި ދެ ފަރާތުގެ އާއިލާ ގުޅިގެން ކައިވެނީގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ޝްރަދާ އާއި ރަހުލް ކައިވެނިކުރާ ތާރީހު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
ޝްރަދާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ފުރަތަމަ އަޑު ފެތުރުނީ މިދިޔަ އަހަރު ޝްރަދާ ކުޅުނު ފިލްމު "ތޫ ޖޫޓީ މެއިން މަކާރް" އަށް ފަހުގަ އެވެ. އެއީ ރާހުލްގެ ސްކްރިޕްޓަކަށް ހެދި ފިލްމެކެވެ. ދެމީހުން ރައްޓެހިވީ އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ކަމަށްވެ އެވެ.
ރާހުލްގެ ކުރިން ޝްރަދާ ވަރަށް ގިނަ މީހުންނާ ރައްޓެހިވި އެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެކަކަކީ އިންޑިއާގެ އެންމެ މަޝްހޫރު ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނޭ ރޯހަން ޝްރެޝްތާ އެވެ.
ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން އާއި ފަރްހާން އަކްތަރް އަދި އަދިތުޔަ ރޯއީ ކަޕޫރްއާ ވެސް ޝްރަދާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
ސިދާތު އާއި އަދިތީ ކައިވެނިކޮށްފި
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
ޕަރިނީތީގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަނީ
ރާގަވް އާއި ޕަރިނީތީ ކައިވެނިކޮށްފި