Roadha Mihaaru
މާރިޔާ މިއަދު ހަނދާންކޮށްދެއްވީ އޭރު އޮތް ހާލަތު!

މާރިޔާ މިއަދު ހަނދާންކޮށްދެއްވީ އޭރު އޮތް ހާލަތު!

17 އޯގަސްޓް 2023

ރިޔާސީ އިންތިހާބު 2018ގައި ބާއްވަން ޖެހުނުއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހައްގުތައް ހިފަހައްޓައި ވަޒީފާގެ ބިރާއި މިނިވަންކަން ނިގުޅައިގެންފައިވާ މިންވަރު، ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ހަނދާންކޮށްދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާރިޔާ ވަނީ ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނޫސްތަކުގެ ޖަހާފައި ހުރި ބައެއް ހަބަރުތަކުގެ ސުރުހީތަކަށް އަލިއަޅުވައިލައްވައިފަ އެވެ. މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ހަބަރުތަކާއި ރަށަކުން ސިހުރި ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމުގެ ޝަކުވާތަކާ ގުޅޭ ހަބަރުތައް ދައްކަވައި މާރިޔާ ވިދާޅުވީ އެ ހާލަތު މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.

"ރައީސް ރޯގާ ޖެހިވަޑައިގެން ކެމްޕެއިން މެދުކަނޑާލައްވާފައި މިއަދު އެބަ ވަޑައިގަންނަވާ. އެ ކަހަލަ ކަމެއް އޭރު ހިނގައިދިޔަ ކަމަށް ވާ ނަމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އއ. އދ.ގެ ވަރަށް ގިނަ ބައެއް ސިހުރު ހެދި ކަމަށް ބަލައި ހައްޔަރުކުރީސް ހެން،" އޭރުގެ ކަންކަން ހުރި ހާލަތު ކިޔައިދެއްވުމަށް ފަހު މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ އިމާމުންނަށް ސަރުކާރުން ބިރު ދައްކާ ކަަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވާ ހަބަރަކާއި އިންތިހާބަށް ނުފޫޒު ފޯރުވާތީ ހިއުމަން ރައިޓްސް ވޮޗުން ކަންބޮޑުވުން ފާޅުކޮށްފައިވާ ހަބަރެއްގެ ސުރުހީ ވެސް ހިއްސާކުރައްވައިފަ އެވެ.

މާރިޔާ ވިދާޅުވީ މި ސުރުހީތައް ބަލާލުމުން އެ ދުވަހު ގައުމު އޮތް ބިރުވެރިކަން ހިތަށް ސިފަވެގެން ދާ ކަމަށާއި އިންތިހާބު ގާތްވި އިރު އެ ބިރުވެރިކަމަށް އަލުން ދާންވީތޯ ސުވާލު އުފެދޭ ކަމަށެވެ.