19 ފެބުރުއަރީ 2017
މިއީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބޮޑު އެއް ރަށެވެ. އެކަމަކު އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ މަދު ރަށެވެ. މިއީ 118 ހެކްޓަރުގެ ރަށެކެވެ. ރީތި ތުނޑިއެއް އޮވެ އެވެ. މިއީ ވެސް ގޮނޑުދޮށް ހިތްގައިމު ރަށެކެވެ.
މިއީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބޮޑު އެއް ރަށެވެ. އެކަމަކު އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ މަދު ރަށެވެ. މިއީ 118 ހެކްޓަރުގެ ރަށެކެވެ. ރީތި ތުނޑިއެއް އޮވެ އެވެ. މިއީ ވެސް ގޮނޑުދޮށް ހިތްގައިމު ރަށެކެވެ.
މި ރަށުގެ އާބާދީ އަކީ 377 އެވެ. އެއީ 180 އަންހެނުންނާއި 197 ފިރިހެނުންނެވެ. ރަށުގައި އުޅޭ މީހުންގެ އަދަދު މިއަށްވުރެ ވެސް މަދެވެ.
މޮޅަދޫ ސްކޫލްގައި ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމަޔަކަށް ކިޔަވައިދެ އެވެ. މި ސްކޫލްގައި އުޅޭ 55 ދަރިވަރުންނަށް ކިޔަވައިދޭން 17 ޓީޗަރުން އުޅެ އެވެ.
މި ރަށުގައި ހިންގަނީ ދެ ފިހާރަ އެވެ. ގެސްޓް ހައުސްއެއް ނުހުރެ އެވެ. ބޭންކިންގެ ހިދުމަތެއް އަދި ފުލުހުންގެ ހިދުމަތެއް ވެސް އަދި ގާއިމުކޮށްފައެއް ނުވެ އެވެ. ސިއްހީ ހިދުމަތް ދިނުމަށް ސިއްހީ މަރުކަޒެއް އަދި ބޭސް ފިހާރައެއް ހުރެ އެވެ.
ހއ. މޮޅަދޫގައި ބަޔަކު ފުޓްބޯޅަ ކުޅެނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
މޮޅަދޫއާ އެންމެ ކައިރި އެއާޕޯޓަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. މޮޅަދޫ އާއި ހަނިމާދޫއާ ދެމެދު ސްޕީޑް ލޯންޗެއްގައި 50 މިނެޓުން ދަތުރުކުރެވޭނެ އެވެ. މި ރަށުގައި ބަނދަރެއް ނޯވެ އެވެ. ލަފާފުރުމަށް ބޭނުންކުރަނީ ފާލަމެކެވެ.
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން
އުލިގަމު ޕްރޮފައިލް
ތަކަންދޫ ޕްރޮފައިލް
އުތީމު ޕްރޮފައިލް
ހޯރަފުށި ޕްރޮފައިލް
ނިޔާޒާ: މޮޅަދޫން ދައްކައިދޭ ހިތްވަރު
ރާއްޖޭގެ އިންޖީނުތައް ހިންގުމުގައި ވިޖޭގެ 34 އަހަރު
ފާލިލް: ސުމަކުން ފަށައި އުފެއްދީ ބޮޑު އިންޑަސްޓްރީއެއް
އުތުރުގެ ތިން ރަށުގައި މަސްވެރިކަމެއް ނެތް
ދިރާގު ފައިބަ އިންޓަނެޓުގެ ހިދުމަތް މޮޅަދު އަށް