18 އޯގަސްޓް 2023
ރާއްޖޭގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި އުމުރުން ހަގު ޒުވާން ކުޅުންތެރިންތަކެއް ރެކޯޑް ހަދަމުން އަންނަ ސީޒަނެއްގައި އަނެއްކާ ވެސް މިވަނީ ރެކޯޑެއް މުގުރާލައިފަ އެވެ. މިފަހަރު ރެކޯޑް މުގުރާލީ، މި މަހުގެ ނުވަ ވަނަ ދުވަހު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް އެރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އުމުރުން 13 އަހަރުގެ މިޑްފީލްޑަރު އާކިފް ބިން މުހައްމަދެވެ.
ރާއްޖޭގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި އުމުރުން ހަގު ޒުވާން ކުޅުންތެރިންތަކެއް ރެކޯޑް ހަދަމުން އަންނަ ސީޒަނެއްގައި އަނެއްކާ ވެސް މިވަނީ ރެކޯޑެއް މުގުރާލައިފަ އެވެ. މިފަހަރު ރެކޯޑް މުގުރާލީ، މި މަހުގެ ނުވަ ވަނަ ދުވަހު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް އެރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އުމުރުން 13 އަހަރުގެ މިޑްފީލްޑަރު އާކިފް ބިން މުހައްމަދެވެ.
ދެހާސް ވަނަ އަހަރު ތައާރަފު ކުރި ދިވެހި ލީގުގެ ތާރީހުގައި، 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން ވެސް މިދިޔަ ސީޒަނާ ހަމައަށް 16 އަހަރުން ދަށުގެ ކުޅުންތެރިޔަކު ކުޅެފައެއް ނުވެ އެވެ.
މި ސީޒަންގެ ލީގު ފެށުނުއިރު ކްލަބް ވެލެންސިއާގެ ތިން ކުއްޖަކު ވަނީ އުމުރުން 14 އަހަރުގައި ލީގުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހަގު ކުޅުންތެރިޔާގެ މަގާމް އޮތީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މެއި މަހުގެ އަށްވަނަ ދުވަހު ވެލެންސިއާގެ ފުރަތަމަ މެޗު ސްޓާޓް ކުރި ފޯވާޑް މުހައްމަދު އިލާން އިމްރާން އަތުގަ އެވެ.
ސީނިއާ ޓީމުގެ މެޗަކަށް ފުރަތަމަ ފަހަރަށް ކުޅެން ނުކުތުމުގެ ކުރިން ކޯޗު އިންމަ އާކިފް އަށް އިރުޝާދު ދެނީ.--
އޭރު އިލާންގެ އުމުރަކީ 14 އަހަރާއި ތިން މަހާއި 22 ދުވަހެވެ. ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު އާކިފް ކުޅެން ނުކުތީ އުމުރުން 13 އަހަރާއި 11 މަހުގަ އެވެ.
އާކިފް ސަސް އަށް ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، 14 އަހަރުން ދަށުގެ ޔޫތު ލީގަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އޭނާ އަންނަނީ ސީނިއާ ޓީމާ އެކު ފަރިތަ ކުރަމުންނެވެ. އާކިފް ބުނީ ސީނިއާ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ލިބުމާ އެކު، ރާއްޖޭން އޭނާ އެންމެ ސަޕޯޓް ކުރާ އަލީ އަޝްފާގާ އެކު ކުޅެލަން ލިބޭނެ ކަމަށް އުންމީދު ކުރި ކަމަށާއި، އަޝްފާގާ އެކު ފަރިތަކުރެވުމަކީ ވެސް ލިބުނު އުފަލެއް ކަމަށެވެ.
"ސަސްގަ އަލީ އަޝްފާގު ހުރީމަ އަލީ އަޝްފާގާ އެއްކޮށް ކުޅެން ޗާންސް ލިބޭނެކަމަށް އުންމީދު ކުރިން. އަޝްފާގާ އެއްކޮށް ޕްރެކްޓިސް ކޮށްލަން ލިބުނީމަ ވަރަށް އުފާވި،" ސަސް އާ ގުޅުމަށް ފަހު ކުރެވުނު އިހުސާސްތައް ކިޔައިދެމުން އާކިފް ބުންޏެވެ.
އާކިފް، އަލީ އަޝްފާގާ އެކު.--
ސަސްގެ ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބޭ ތަރުހީބާ އެކު ހިތްވަރު ހޯދަމުން އަންނަ އާކިފް ޓީމުގެ ބެންޗުން ފުރުސަތު ހޯދީ ލީގު ފުރަތަމަ ބުރުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނަމަވެސް ކުޅެން އެރީ ޖެހިގެން އައި ލީގު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި، ހަމަ އެ ޓީމާ ދެކޮޅަށް މެޗުގެ އިތުރު ވަގުތުގަ އެވެ.
ކަލާފާނު ސްކޫލުގެ ގްރޭޑް 8 ގައި ތައުލީމު ހާސިލް ކުރާ އާކިފް ފުޓްބޯޅަ ކުޅެން ފެށީ އީޓީއެފްއޭ އިންނެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބާއި ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެފަ އެވެ. ސަސްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ފަރީދު (ފަރިއްޓޭ) އަކީ ސަސްގެ އެކަޑަމީގެ ކޯޗެވެ. އާކިފް އަންނަނީ ވަރަށް ޅަ އުމުރުން ފެށިގެން ތަމްރީނުތަކުގައި ފަރީދު ކޯޗުގެ އިރުޝާދު ހޯދަމުންނެވެ. އޭނާ ތައުލީމު ހާސިލް ކުރަމުން އަންނަ ކަލާފާނު ސްކޫލުގެ ފުޓްބޯޅަ ޓީމުތަކަށް ވެސް ކޯޗު ކޮށްދެނީ ފަރީދެވެ.
ފަރީދު ބުނީ، ސަސްގެ ހެޑް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) އަށް ވެސް އާކިފްގެ ކުޅުން ކަމުދިޔަ ކަމަށެވެ. އަދި ސީނިއާ ޓީމުން ފުރުސަތު ދިނީ، މި ސީޒަނަކީ ޔޫތު ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ވެސް ރަނގަޅު ސީޒަނެއް ކަމަށް ދެކޭތީ ކަމަށެވެ. މީގެ އިތުރުން އާކިފް އަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ޕްލޭމޭކާއަށް ވެވޭނެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމަށް ވެސް ކޯޗު ބުންޏެވެ.
ނިއު ރޭޑިއަންޓް (ކ) އަދި ސަސްގެ ޕްރެކްޓިސްގައި (ވ) އާކިފް ފަރީދު ކޯޗާ އެކު.--
"އާކިފް އެއީ ވަރަށް ޑިސިޕްލިންޑް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއް، އިންމަ ކޯޗަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ކަމުދިޔަ. އެރުވީ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދާކަށް ނޫން، ދުވަސްކޮޅެއް ވެއްޖެ ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރާތާ. ރާއްޖޭގެ ޓޮޕް ލެވެލްގައި ކުޅުމުގެ ގާބިލްކަން އާކިފްގެ ކިބައިން ކޯޗަށް ފެންނާތީ އެ ފުރުސަތު ދިނީ،" އާކިފް އާ މެދު ކުރެވޭ އުންމީދުތަކާ ގުޅޭގޮތުން ކޯޗު ފަރީދު ބުންޏެވެ.
"ލީގުގައި ރެލިގޭޝަން ނޯންނާތީއާވެސް އެކު މަދުމަދުން ޔޫތު ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ތަޖުރިބާ ހޯދައިދޭން އޭނާ ސީނިއާ ސްކޮޑަށް ނެގީ. ގިނަ ފަހަރު ރާއްޖޭގައި ހުނަރުވެރި ކުދިން 14 ނޫނީ 15 އަހަރުގައި ކުޅުން ދޫކޮށްލާނެ ފުރުސަތު މަދުވުމުން. އެކަމު މިހާރު މި އުޅޭ ޒުވާން ބެޗް ވަރަށް ތަފާތު. ހާއްސަކޮށް ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ މި ކުދިންގެ."
ފަރީދާއި އިންމަ ކޯޗުގެ ފަރާތުން ލިބޭ އެއްބާރުލުމާ އެކު، އާކިފް ވަނީ އޭނާއަށް ކުރިން އެކަޑަމީތަކުގައި އިރުޝާދުދިން ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) ގެ އެހީތެރިކަން އޭނާ ފާހަގަ ކުރެ އެވެ.
މިދިޔަ އަހަރުގެ 14 އަހަރުން ދަށުގެ ޔޫތު ލީގުގައި އާކިފް، ސަސްގެ ޓީމާ އެކު.--
ހަގު އުމުރުގައި ސީނިއާ ޓީމުން ފުރުސަތު ހޯދައި ކުޅެން އެރި ފުރަތަމަ މެޗުގައި އާކިފް އަށް މެޗުތެރެއަށް ވަދެލަން އެކަށޭނަ ވަގުތު ނުލިބުނެއް ކަމަކު، ހެޑް ކޯޗު އިންމަ ބުނީ އާކިފް އަކީ މުސްތަގުބަލް އުޖާލާ ކުޅުންތެރިއަކަށް ވާނެ ކަމަށެވެ.
"އާކިފް އަކީ މުސްތަގުބަލް ވަރަށް އުޖާލާ ކުޅުންތެރިއެއް، ސީނިއާ ކުޅުންތެރިންތަކަކާ އެކު އޭނާއަށް ފުރުސަތު ދިނީ އެއީ ދުރު ނޫން މުސްތަގުބަލެއްގައި ރަނގަޅު ކުރިއެރުން ހޯދާނެ ކުއްޖެއް ކަމަށް ދެކޭތީ،" އިންމަ ބުންޏެވެ.
"އަޅުގަނޑުމެންގެ ޔޫތު ޑެވެލޮޕްމަންޓް ހެޑަކީ ވެސް ފަރީދު، ބުނެލާފަ އޮންނާނީ ޔޫތު ޓީމުން އައުޓްސްޓެންޑިން ޕްލޭޔަރެއް ފެނިއްޖެއްޔާ ރެކޮމެންޑް ކޮށްލަން ސީނިއާ ޓީމާ އެކު ޓްރަޔަލް އަކަށް. އާކިފް އަކީ ވެސް އޭގެ ތެރޭން ކުއްޖެއް. އެހެންވެ އޭނާއަށް ސީނިއާ ސްކޮޑުން ފުރުސަތު ދިނީ އެކްސްޕީރިއަންސް ހޯދައިދޭން."
އާކިފް، ޔޫތު ލީގުގައި ސަސްގެ ޒުވާން ޓީމަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ.--
ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސަޕޯޓްކުރާ އާކިފް ހުރީ ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ކުޅުމުގެ އުންމީދުގަ އެވެ. އާކިފް އަށް ފުޓްބޯޅައިން ކުރިއަށް ދާން އެންމެ ބޮޑަށް އެހީވެދެނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުންނެވެ. ހަމައެއާ އެކު އޭނާގެ ބައްޕަގެ ރަހުމަތްތެރިންގެ ފަރާތުން ލިބޭ ސަޕޯޓް ވެސް އާކިފް ފާހަގަ ކުރި އެވެ.
ސްކޫލުގައި އުޅެމުން ވެސް އާކިފް އާއި ލީގުގައި ކުޅޭ އެހެން ހަގު އުމުރުފުރާގެ ކުދިން މި އަންނަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، އެކުދިންގެ ފުޓްބޯޅަ ކެރިއަރުގައި ދެކޭ ހުވަފެންތަކުގައި ކުލަޖައްސަން މަސައްކަތް ކުރަމުންނެވެ. އަދި މި ކުދިން މި ދައްކަނީ ރާއްޖޭގެ ފުޓްބޯޅައިގެ އަންނަން އޮތް ޖީލުތަކަށް ވެސް އަގުހުރި މިސާލެކެވެ.
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ނަސޫހުގެ ގޯލުތަކުން ބުރު ބަލިކޮށް ސަސް ކުރިއަށް
ހުސާމްގެ ގޯލުތަކުން ސަސް އިން ބުރު ބަލިކޮށްފި
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ