08 އޯގަސްޓް 2023
ކުޑަކުދިންނަށް ދޭ "އޮޕްޝަނަލް ވެކްސިން" އާސަންދައިގެ ދަށުން ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ދޭ "އޮޕްޝަނަލް ވެކްސިން" އާސަންދައިގެ ދަށުން ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށު އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ މިކަން އިއުލާނުކުރައްވައިފަ އެވެ.
ސިއްހީ ހިދުމަތަށް ގެންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނޭޝަނަލް ހެލްތް ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
ކުޑަކުދިންނަށް ދިނުން ރާއްޖޭގައި ލާޒިމް ވެކްސިންތައް ޖަހައިދެނީ ހިލެ އެވެ. އޮޕްޝަނަލް ވެކްސިންތަކަކީ ވެސް މުހިންމު ވެކްސިންތަކެއް ނަމަވެސް އެ ވެކްސިންތައް ޖެހެނީ ގަންނާށެވެ. އެ ވެކްސިންތަކުގެ އެންމެ ޑޯޒެއް ވެސް އަގު ބޮޑެވެ.
- ރޮޓާ ވައިރަސް: ބޭރަށް ހިންގުމުން ޖައްސާ އެންމެ އާންމު އެއް ވައިރަހުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހަން ޖެހެ އެވެ.
- ނިއުމޮކޯކާލް: ނިއުމޯނިއާ، މެނިންޖައިޓިސް، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހަން ޖެހޭ
- އިންފުލުއެންޒާ: ފްލޫ، ނިއުމޯނިއާ، ހިތުގެ މައްސަލަ، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެއަށްވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހޭ
- ޗިކަންޕޮކްސް: ފާނަބަސަންދުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭ
- ހިމޯފިލިއަސް އިންފްލުއެންޒާ ޓައިޕް ބީ: ނިއުމޯނިއާ، މެނިންޖައިޓިސް، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހާ ބޫސްޓާއެއް
- ހެޕަޓައިޓިސް އޭ: ހެޕަޓައިޓިސް އިން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ވެސް ދެ ދޯޒް ޖަހަން ޖެހޭ
"ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން"
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
އީއެމްއެލްގައި ނުހިމެނޭ ބޭސް ގަންނަންޖެހޭ ގޮތް ހަދަނީ
ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި މައްސަލައަކުން