ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
06 އޯގަސްޓް 2023
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސްގެ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަށް ވަޑައިގަތީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. ރައީސް 24،566 ވޯޓު ހޯއްދެވި އިރު ނަޝީދަށް ލިބިވަޑައިގަތީ 15،641 އެވެ.
ކެމްޕޭން ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އީސީއަށް ހުށަހަޅުއްވާފައި.
ދެ ވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ސިޔާސީ މަސައްކަތުގައި އެންމެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި، މަޖިލިސް މެމްބަަރަކަށް ހުންނަވައި ވާދަކުރެއްވިއިރު، ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ދައުރު އެމަނިކުފާނު ފުރުއްވި އެވެ.
ވެރިކަމުގެ ފުރަތަމަ ދައުރަށް ވާދަކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެމްޑީޕީ އިސްވެ ސަރުކާރު އެކުލަވާލީ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމް އިއްތިހާދުވެގެންނެވެ.
އެ ކޯލިޝަން ދަމަހައްޓަން ރައީސް ދައުވަތު ދެއްވި ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން މި އިންތިހާބުގައި ވާދަކުރަނީ ވަކިންނެވެ. އަދާލަތު އަދިވެސް އެމްޑީޕީއާ އެކު ދެމިއޮތްއިރު، އަލަށް ކޯލިޝަނާ ގުޅުނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއް ބުރުން އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރައްވަނީ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމާއި އަމާންކަމާ އެކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދަން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕިއާ ވާދަވެރި ޕާޓީ، ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސާފައިވިޔަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އީސީން ނިންމީ ކެންޑިޑެސީ ބަލައިނުގަތުމަށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ހިނގާއިރު، ޔާމީނަށް ވާދަކުރެއްވޭނެތޯ ކަށަވަރު ވާނީ މިއަދެވެ.
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމުނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ނުފޫޒު ފޯރުވާ ކަމަށް ކިޔަނީ ބަލިވާނެތީ: އެމްޑީޕީ
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
ޕީޕީއެމްގެ ކެމްޕެއިނާ މެދު ހިތްހަމަޖެހޭ: ރައީސް
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
7 ދުވަހުން 3،500 މީހުން، އެކަށީގެންވާ އަދަދެއް؟
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!
ފެލިދޫ ދާއިރާއިން އެމްޑީޕީގެ ތާއީދު އަލީ ޒާހިިރަށް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް