މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
31 ޖެނުއަރީ 2017
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެމްއެންޑީއެފުން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ޕައިލެޓުން ފުރަތަމަ ވަޒީފާ އަށް ވައްދާނީ ޕްރައިވެޓްގެ ރޭންކުގަ އެވެ. އެކަމަކު، އަސާސީ ތަމްރީނު ފުރިހަމަކޮށް، ސިފައިންގެ ޕައިލެޓަކަށް ވުމަށް ހަދަން ޖެހޭ ތަމްރީނުތައް ހެދުމުން، އޮފިސަރު ކޯގެ ލެފްޓިނަންޓް ރޭންކަށް ބަދަލު ކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ޕައިލެޓުންގެ ވަޒީފާ އަށް ކުރިމަތިލުމަށް، ކޮމާޝަލް ޕައިލެޓް ލައިސަންސާއި ކްލާސް 1 ކެޓަގަރީގެ މެޑިކަލް ސެޓްފިކެޓް އޮތުމުގެ އިތުރުން، އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން ތިން މާއްދާ އިން ފާސް ވާން ޖެހެ އެވެ. އަދި އުމުރުން 18 އަހަރާއި 30 އަހަރުގެ މީހަކަށް ވުމާއި ފެނުމާއި އިވުމުގެ ހިއްސު އެންމެ ފުރިހަމަ އަށް ހުންނަން ޖެހެ އެވެ.
މި ކަންތައްތަކުގެ އިތުރުން، އެއާކްރާފްޓް އިންޖިނިއަރުންގެ މަގާމަށް ކުރިމަތިލާ މީހުންގެ އަތުގައި ބޭސިކް އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާ އިން ޑިގްރީއެއް އޮންނަން ޖެހެ އެވެ.
އެއާކްރާފްޓް އިންޖިނިއަރުން ވެސް ފުރަތަމަ ވަޒީފާ އަށް ވައްދާނީ، އެމްއެންޑީއެފުން ކުރި އިއުލާނުގައިވާ ގޮތުން، ޕްރައިވެޓްގެ ރޭންކުގަ އެވެ. އެކަމަކު، އެ މީހުން ވެސް ހަދަން ޖެހޭ ތަމްރީނުތައް ފުރިހަމަ ކުރުމުން، ވޮރަންޓް އޮފިސަރު ގްރޭޑް އެކެއްގެ މަގާމަށް ބަދަލު ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އޮތް ނަމަވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 އިން ފެށިގެންނެވެ. އެމްއެންޑީއެފުން ބުނީ މި ވަޒީފާތަކަށް އެދޭ ފޯމު އަންނަ މަހުގެ 28 އާ ހަމަ އަށް ޑިފެންސް މިނިސްޓްރީން ލިބޭނެ ކަމަށެވެ.
އެމްއެންޑީއެފަށް ޕައިލެޓުން ހޯދަން އިއުލާނު ކުރިއިރު، ސިފައިންގެ އެއާ ވިންގުގައި ބޭނުންކުރާ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގެ ޕައިލެޓުންގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ވަނީ އިންޑިއާގެ ސިފައިންނެވެ. ހެލިކޮޕްޓަރުގެ ކްރޫންގެ ގޮތުގައި ދިވެހި ސިފައިން ތަމްރީނުކޮށް ދޭން އިންޑިއާގެ ސިފައިންނަށް ޖެހުނަސް، އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.
މީގެ އިތުރުން، އެމްއެންޑީއެފް އިން ވަނީ އަސްކަރީ މަތިންދާބޯޓުތަކެއް ގެންނަން ވެސް ނިންމައިފަ އެވެ.
ޕައިލެޓުންގެ ވަޒީފާ ނުއުފެދޭތީ އާ ފުރުސަތު ހުޅުވާނުލާނެ
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފި
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި މި އަހަރު ފަށަނީ
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ހެލިކޮޕްޓަރު ބަލަހައްޓާ މީހުންނާބެހޭ ގޮތުން ހަދަނީ ދޮގު
ހަތް އަހަރު ކުރިން ވަކިކުރި އޮފިސަރަކަށް އަލުން ވަޒީފާ
ބޭނުންވި ނަމަ އިންޑިއާ ސިފައިން ފޮނުވާލެވުނީސް: ޝަމާލް