05 އޯގަސްޓް 2023
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި އަސްލަމް، ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އޭނާ މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމުގެ ވެސް ޑީޖޭއޭ އަށް ހުށަހަޅުއްވައިފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެފައިވާ އަސްލަމް މިހާރު ވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް އައްޑޫގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ ރަނިންމޭޓަކަށް އަސްލަމް ކަނޑައެޅުއްވުމާ ގުޅޭ ގޮތުން އެމްޑީޕީގެ އަދި އަސްލަމްގެ ބަހެއް ވެސް ނުލިބުނެވެ. އަސްލަމް ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބުނެވެ.
ރައީސް މި ފަހަރުގެ ރަނިންމޭޓަކަށް ވެސް ހަމަޖައްސަވާނީ އެ މަނިކުފާނުގެ މި ފަސް އަހަރުގެ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ކުރިން އަޑު އެރި އެވެ. އެ ލިސްޓުގައި ދެން އުޅުނީ އަސްލަމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އަސްލަމަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ސިޔާސީ ގޮތުން ކުރިން އަސްލަމް އެންމެ ގާތް އެއްބޭފުޅަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިޔަސް އެ ޕާޓީގެ އެތެރޭގެ ކޯޅުމުގައި އަސްލަމް އެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް އަސްލަމަށް ދެއްވަން ކުރިން ނަޝީދު އުޅުއްވި އެވެ. އެކަމަކު ވަކި ހިސާބަކުން ނަޝީދު އެ ނިންމެވުން ބަދަލު ކުރެއްވުމުން ވެސް ހިތްހަމަނުޖެހުންތަކެއް އުޅުނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ވިދާޅުވީ، ރަނިންމޭޓް ހަމަޖެއްސެވުމަކީ އެ މަނިކުފާނުގެ ސިކުނޑީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.
"މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރިޔާސީ ކެމްޕެއިނަށް ވ. ފުލިދު އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."
އެންމެ ލަސްވެގެން ކެންޑިޑެސީ ފޯމު އިއްޔެގެ ނިޔަލަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ވިދާޅުވި ނަމަވެސް، އެކަން ނުވެ އޮތީ ރަނިންމޭޓަކު ކަނޑައެޅުމުގައި ދިމާވި ލަސްތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ. އެ އިންތިހާބަށް ފަސް ވަރަކަށް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވިޔަސް، މިހާތަނަށް ފޯމު ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ނަމަވެސް، ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އެ މަނިކުފާނުގެ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ކުރިއަށް ގެންގޮސް ހުކުމާ ހަމައަށް މިހާރު ވަނީ އައިސްފަ އެވެ.
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
"ގިރާވަރު ފަޅު މާ ފުރިހަމައަށް ތަަރައްގީކުރާނަން"
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
"ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ"
ޒުވާނުންނަށް އޮތީ އުފާވެރި ބޯހިޔާވަހިކަމުގެ ސިޔާސަތެއް
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!