01 އޯގަސްޓް 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ގާނޫނީ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި ވެސް އެ ޕާޓީގެ ސެނެޓްގެ މަޝްވަރާ އާއި ލަފާ ހޯދަން ލީޑަޝިޕުން ނޫޅޭތީ ބައެއް މެމްބަރުންގެ މެދުގައި ހޫނު ޒުވާބާއި އަރައިރުންތަކެއް މިއަދު ހިންގައިފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ގާނޫނީ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި ވެސް އެ ޕާޓީގެ ސެނެޓްގެ މަޝްވަރާ އާއި ލަފާ ހޯދަން ލީޑަޝިޕުން ނޫޅޭތީ ބައެއް މެމްބަރުންގެ މެދުގައި ހޫނު ޒުވާބާއި އަރައިރުންތަކެއް މިއަދު ހިންގައިފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ގާނޫނީ ޝަރުތެއް ޔާމީންގެ އުނިވެފައިވާ ކަމަށް އީސީން ކަނޑައެޅީ އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައިވުން ހިމެނެ އެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އީސީން ބަލައިނުގަތުމާ އެކު، ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕް ހޫނުވީ، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.
އޭނާ ވިދާޅު، ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށް ވާއިރު، އާންމު މެމްބަރުންނަށް ގޮތެއް ދައްކައި ދިނުމަކީ ޕާޓީގެ ލީޑަޝިޕާއި ސެނެޓްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"އެހެން ނަމަވެސް ޕާޓީ މި ހާލަތަށް ވެއްޓޭއިރު ވެސް ސެނެޓްގެ އެއްވެސް ދައުރެއް ނެތް،" ކަންބޮޑުވުމާ އެކު ހަލީލް ވިދާޅުވި އެވެ.
އެއާ އެކު، އިތުރަށް ހޫނުވީ ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ޖަވާބުގައި ވިދާޅުވި ވާހަކައަކުންނެވެ.
ޕީޕީއެމްގެ ލީޑަޝިޕްގައި ވެސް ހިމެނޭ ޝުޖާއު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވާނެ ކަމުގެ ޔަގީންކަން ޔާމީން ޕަބްލިކަށް ދެއްވާފައިވާ ކަމަށާއި އާންމު މެމްބަރުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ ލީޑަޝިޕަށާއި ސެނެޓަށް އިތުބާރު ކުރަން ޝުޖާއު އެދިވަޑައިގަތެވެ.
މިހާރު މި ފެންނަނީ ކަންކަމާ މަޝްވަރާ ނުކޮށް، ހުދުމުހުތާރުކޮށް ކަންކަން ނިންމުމުގެ ހިތި ނަތީޖާ. މުހިންމު ކަމަކާ މަޝްވަރާ ކުރަންޖެހޭ ވަގުތު ތަޅާފޮޅައި ދެކޮޅު ވެވެނީ އެހެންވެ،"--- މުއާޒް މުހައްމަދު ރަޝީދު
ހަލީލް ރައްދުގައި ވިދާޅުވީ، ޝުޖާއު އެ ވިދާޅުވާ "ރާގާއި ލަވަ" ބަދަލުވާން ޖެހޭ ކަމަށާއި ޔާމީން ޖަލުން މިނިވަން ކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ. ހަލީލް ވިދާޅުވީ، ޔާމީނަށް ސެނެޓްގެ އިތުބާރު އޮތުމުން ކުރަންވީ ކަމަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އިސްނަންގަވައިގެން ސެނެޓް ބާއްވަންވީ ކަމަށެވެ.
ސެނެޓްގެ "އެންމެހައި މެމްބަރުން" އެދިވަޑައިގަންނަވަނީ އެ ގޮތް ކަމަށް ހަލީލް ވިދާޅުވި އެވެ.
ސެނެޓްގައި މަޝްވަރާ ނުކުރާ މައްސަލާގައި މައިގަނޑު ގޮތެއްގައި ޒުވާބު ކުރެއްވީ ހަލީލާއި ޝުޖާއު އެވެ. ބައެއް ފަހަރު ވަރަށް ބޮޑަށް ޒާތީ ވެސް ވި އެވެ. ދޭތެރެދޭތެރެއިން އެ ބޭފުޅެއްގެ ސަޕޯޓަރުން ތާއީދުގެ ބަސްތައް ވިދާޅުވެ، ހިތްވަރު ދެއްވަމުން ގެންދެވި އެވެ.
އެ ޒުވާބުގެ ތެރެއިން ބޮޑަށް ގޯސްވީ ހަލީލް ވަރަށް ކެރިވަޑައިގެން ވިދާޅުވި ވާހަކައަކުންނެވެ.
އޭނާ ވިދާޅުވީ، "ޕާޓީގެ އަނދިރި ކޮޓަރީގައި" ކުރާ މަޝްވަރާ އިން ހައްލެއް ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ހަލީލް ވިދާޅުވީ، ކަންކަން ނިންމުމަށްޓަކައި ހަމައެކަނި ޔާމީންގެ މަޝްވަރާ އަށް ފޮނުވުމަކީ ވެސް އެ މަނިކުފާނަށް "ޖެއްސޭ އިތުރު ބުރައެއް" ކަމަށެވެ. އެހެންވެ، މިއީ އެ އަށް ވުރެ ތަސައްރަފު ފުދޭ ގޮތަށް ޕީޕީއެމް ހިންގަން ޖެހޭ ވަގުތު ކަމަށާއި ޔާމީންގެ އިސްތަށިފުޅަށް ދަތިނުވާ ގޮތަށް ކަންކަން ނިންމަން ޖެހޭ ކަމަށް ހަލީލް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ހަލީލް އުޅުއްވާ ގޮތް ޔާމީންގެ އިތުރުން ވަރަށް ގިނަ އެހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ލީޑަޝިޕާއި އަނދިރި ކޮޓަރިއޭ ކިޔާފައި ގޮސް ހަލީލް އުޅުއްވަނީ އަނދިރި ކޮޓަރީގައި ކަން އެންމެން ދަނޭ. ރައީސް ޔާމީނަށް [އިންތިހާބަށް] ކުރިމަތިލުމުގެ ފުރުސަތު ގެއްލުނީ ކަމަށް ހަލީލް ނިންމެވީތީ ހިތާމަ ކުރަން. އަދި އެ ދޮރެއް ބަންދެއް ނުވޭ،" ޝުޖާއު ވިދާޅުވި އެވެ.
އެއާ އެކު ޝުޖާއު އަށް ރައްދު ދެއްވީ މުއާޒް ހަލީމެވެ. އެކަމަކު އެއީ ތުހުމަތަކާ އެކު ދެއްވި ރައްދެކެވެ. ޝުޖާއު އަށް އިޝާރާތް ކުރައްވައި މުއާޒް ވިދާޅުވީ، ޔާމީން ނޫން ގޮތެއް ހޯއްދަވަން ކަމަށް ބުނެ، މީގެ އެތައް މަހެއް ކުރިން މަސައްކަތް ފެއްޓެވި ބޭފުޅަކު ޔާމީނަށް އިހުލާސްތެރިވާނެ ކަމަށް ދެކޭނީ މޮއިން ކަމަށެވެ.
ހަލީލްގެ ބޮލުގައި ޝުޖާއު ވެސް ތުހުމަތެއް އެޅުވި އެވެ. އެއީ ޔާމީންގެ ވެރިކަން ނިމި، މިހާރުގެ ވެރިކަން ފެށިތަނާ ކަހަލަ ގޮތަކަށް ހަލީލް ބޭނުންވާ ގޮތަށް މަޖިލިހުގެ ގޮނޑިތައް ބަހާލި ކަމުގެ ތުހުމަތެވެ. އެއީ ޔާމީނާއި ޕާޓީގެ ލީޑަޝިޕަށް ވެސް ނޭނގި ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.
އޭގެ ރައްދުގައި ހަލީލް ވިދާޅުވީ، ޔާމީންގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅަކު ފާޑުފާޑުގެ ވާހަކަތައް ދެއްކުން ހުތުރު ކަމަށެވެ.
"ސްޕޯކްސްޕާސަން ކަމާ އުޅުއްވަން ފެނޭ. ރައީސް ޔާމީނަށް ވަފާތެރިވާނެ ކަމަށް ކިހިނެއް ނިންމާނީ؟،" ޝުޖާއު އަށް ރައްދު ދެއްވަމުން ހަލީލް ވިދާޅުވި އެވެ.
ލީޑަޝިޕާއި އަނދިރި ކޮޓަރިއޭ ކިޔާފައި ގޮސް ހަލީލް އުޅުއްވަނީ އަނދިރި ކޮޓަރީގައި ކަން އެންމެން ދަނޭ. ރައީސް ޔާމީނަށް [އިންތިހާބަށް] ކުރިމަތިލުމުގެ ފުރުސަތު ގެއްލުނީ ކަމަށް ހަލީލް ނިންމެވީތީ ހިތާމަ ކުރަން. އަދި އެ ދޮރެއް ބަންދެއް ނުވޭ،" ---ޝުޖާއު
ސެނެޓްގައި މަޝްވަރާ ނުކުރާތީ ހަލީލާއި މުއާޒްގެ އިތުރުން ދެން ކަންބޮޑުވުން ފާޅުކުރެއްވީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަޅާފޮޅުމުގެ ބޭނުމެއް ނެތެވެ. ވިދާޅުވީ، ޔާމީން ކުރިމަތި ނުލެވޭ ހާލަތުގެ ވާހަކަ ދެއްކެވެން ޖެހޭނެ ކަމަށެވެ.
"މިހާރު މި ފެންނަނީ ކަންކަމާ މަޝްވަރާ ނުކޮށް، ހުދުމުހުތާރިކޮށް ކަންކަން ނިންމުމުގެ ހިތި ނަތީޖާ. މުހިންމު ކަމަކާ މަޝްވަރާ ކުރަންޖެހޭ ވަގުތު ތަޅާފޮޅައި ދެކޮޅު ވެވެނީ އެހެންވެ،" މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މި ޒުވާބު މައިތިރި ކުރަން ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 2-3 ފަހަރަކު ގުރޫޕްގައި ލިޔުއްވި އެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ލިޔުއްވި އެވެ. ދެ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި އެދިވަޑައިގަތީ އަރައިރުން ނުވުމަށާއި ޔާމީންގެ ނިންމެވުމަށް އިހުތިރާމް ކުރުމަށެވެ.
ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތާ މެދު ޕީޕީއެމްގެ ސެނެޓްގައި މިހާތަނަަށް އެއްވެސް މަޝްވަރާއެއް ނުކުރާތީ އެ ޕާޓީގެ އެކި ފެކްޝަންތަކުގެ މެދުގައި ވަނީ ކޯޅުން އުފެދިފަ އެވެ. އެއް ބަޔަކު ދެކެނީ ގޮތް ނިންމަން ވާނީ ސެނެޓުން ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ލީޑަޝިޕްގެ ނިންމުންތައް ކެންޑިޑެސީގެ މައްސަލާގައި މިހާތަނަށް ބުރަވާ ތަން ފެންނަނީ ޔާމީން ބޭނުންުފުޅުވާ ގޮތަށެވެ. އަދި ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭ ހާލަތުގައި ކެންޑިޑޭޓް ނެރުމާއި ޔާމީންގެ ރަނިންމޭޓް ކަނޑައެޅުމުގެ ބާރު ވެސް ލީޑަޝިޕުން ދޫކޮށްލީ ޖަލަށް ލާފައިވާ ޔާމީނަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ މެންދުރު 2 އެވެ. ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ޕީޕީއެމުން ނިންމާފައި ވަނީ އެ މައްސަލާގައި ސުޕްރީމް ކޯޓަށް ދިއުމަށެވެ. އެކަމަކު އަދި އެ ކޯޓަށް މައްސަލަ ވެއްދި ކަމެއް ނުބުނެ އެވެ.
ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި އެ ކަމަށް އެކަށީގެންވާ ކަމަށް ބުނެ ބައެއް ނަންތައް ވަނީ ތިލަވެފަ އެވެ.
ޝިޔާމާއި ޝުޖާއު ހެކިބަސް ދޭކަށް ނެތް: ޕީޕީއެމް
ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަން ޝިޔާމާއި ޝުޖާއު
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!