Roadha Mihaaru
މިއަހަރުގެ ޝިއާރު: އިގްތިސާދީ ފުދުންތެރިކަމާ ހަމަޖެހުން

މި އަހަރުގެ ޝިއާރު: އިގްތިސާދީ ފުދުންތެރިކަން- އިޖުތިމާއީ ހަމަޖެހުން

31 ޖެނުއަރީ 2017

އިގްތިސާދީ ފުދުންތެރިކަމާއި ހަމަޖެހުން ރައްޔިތުންނަށް ހޯދައިދޭން އަމާޒު ހިފައި ސަރުކާރުން މި އަހަރަށް ހާއްސަ ޝިއާރެއް ކަނޑައަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިގްތިސާދީ ފުދުންތެރިކަމާއި ހަމަޖެހުން ރައްޔިތުންނަށް ހޯދައިދޭން އަމާޒު ހިފައި ސަރުކާރުން މި އަހަރަށް ހާއްސަ ޝިއާރެއް ކަނޑައަޅައިފި އެވެ.

މި އަހަރަށް ކަނޑައެޅީ "އިގްތިސާދީ ފުދުންތެރިކަން- އިޖުތިމާއީ ހަމަޖެހުން" މި ޝިއާރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޝިއާރު ކަނޑައެޅީ ސަރުކާރުގެ އިގްތިސާދީ ތަސައްވަރުގައިވާ ގޮތަށް ރާއްޖެ އަކީ ފުދުންތެރި ވިޔަފާރި އަށް ފަހި މާހައުލެއް އޮތް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށެވެ. ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކި ލިއުންތަކުގައި އަންނަ މަހުގެ 15 އިން ފެށިގެން އެ ޝިއާރު ބޭނުންކުރަން މުއައްސަސާތަކަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.

މި ޝިއާރުގެ ތައްގަނޑެއް ހެދުމާ ބެހޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން ދިނުމުން، އެ ތައްގަނޑު ސަރުކާރުގެ އެކި ލިއުންތަކުގައި ބޭނުންކުރަން ވެސް ވަނީ އަންގައިފަ އެވެ.

މިދިޔަ އަހަރު ޝިއާރުގެ ބަދަލުގައި ބޭނުންކުރީ ޓޫރިޒަމާ ގުޅުން ހުރި ލޯގޯއެކެވެ. ރާއްޖެ އަކީ ޓޫރިޒަމަށް ފަހި މަންޒިލެއް އޮތް ގައުމެއް ކަން ދައްކައިދިނުމަށެވެ.