Roadha Mihaaru
އުރީދޫ މަސްރޭހުގެ ހޯސްޓް ޕާޓްނަރަކީ ކައުންސިލް

އައްޑޫގައި ބާއްވާ އުރީދޫ މަސްރޭހުގެ ހޯސްޓް ޕާޓްނަރަކީ ކައުންސިލް

23 ޖުލައި 2023

އުރީދޫ މަސް ރޭހުގެ އައްޑޫގައި ބާއްވާ މުބާރާތުގެ ހޯސްޓް ޕާޓްނަރަކަށް އައްޑޫސިޓީ ކައުންސިލުން ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ މަސް ރޭހުގެ އައްޑޫގައި ބާއްވާ މުބާރާތުގެ ހޯސްޓް ޕާޓްނަރަކަށް އައްޑޫސިޓީ ކައުންސިލުން ސޮއިކޮށްފި އެވެ.

އުރީދޫ މަސްރޭހަކީ އެ ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ވާދަވެރި އެއް ހަރަކާތެވެ. މި އަހަރު، މި މުބާރާތްފުޅާކޮށް ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގައި ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އުރީދޫން ބުނީ މި އަހަރުގެ މަސްރޭހަށް އެ ކުންފުނިން އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. މަސްރޭހުގައި މިފަހަރު 83 ޓީމުން ބައިވެރިވެ އެވެ. އެއީ މާލެއިން 34 ޓީމާއި ކުޅުދުއްފުށިން 23 ޓީމާއި އައްޑޫ ސިޓީން 13 ޓީމާއި ފުވައްމުލަކުން ވެސް 13 ޓީމެވެ.

މި އަހަރުގެ މުބާރާތަކީ، އުރީދޫން ބުނި ގޮތުގައި، މިހާތަނަށް އެ ކުންފުނިން ބާއްވާ އެންމެ ފޯރިގަދަ މަސްރޭހަށް ވާނެ އެވެ.

މާލޭގައި މަސް ރޭސް އޮންނާނީ އަންނަ މަހުގެ ހަތަރެއްގަ އެވެ. ކުޅުދުއްފުށީގައި އަންނަ މަހުގެ 11 ވަނަ ދުވަހު މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވާއިރު އައްޑޫ ސިޓީގައި މުބާރަތް އޮންނާނީ 18 ވަނަ ދުވަހު އެވެ. ފުވައްމުލަކުގައި މަސް ރޭސް އޮންނާނީ އަންނަ މަހުގެ 25ގަ އެވެ.

މި މުބާރާތުގެ އެއް ވަނަ ޓީމަށް 25،000 ރުފިޔާ ހުށަހަޅާފައިވެ އެވެ.