21 ޖުލައި 2023
ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާ ވާދަކޮށް 2-0 އިން މޮޅުވެގެން ޓީސީ ސްޕޯޓްސް ކްލަބް އެޓީމުގެ ދެވަނަ މޮޅާ އެކު ކުރިއަށް ޖެހިލައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާ ވާދަކޮށް 2-0 އިން މޮޅުވެގެން ޓީސީ ސްޕޯޓްސް ކްލަބް އެޓީމުގެ ދެވަނަ މޮޅާ އެކު ކުރިއަށް ޖެހިލައިފި އެވެ.
މެޗުގެ ކުރިން ޓީސީ އާއި ގްރީން ވެސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅު ވެފައި އޮތީ އެންމެ މެޗަކުންނެވެ. ނަމަވެސް އިތުރު އެއް މެޗު އެއްވަރު ކޮށްލައިގެން ޕޮއިންޓުގެ ގޮތުން ކުރީގައި އޮތީ ވެސް ޓީސީ އެވެ.
ގްރީން އަތުން ހޯދި ތިން ޕޮއިންޓާ އެކު ޓީސީ މިވަނީ ހަތް ޕޮއިންޓާ އެކު ގަދަ ހަތަރަކާ ގާތަށް ޖެހިލައިފަ އެވެ. ހަތަރު ވަނަ އާއި ތިންވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ނުވަ ޕޮއިންޓް ލިބިފައި ވާއިރު ދެވަނައިގައި އޮތީ 13 ޕޮއިންޓް ހޯދާފައިވާ ކްލަބް އީގަލްސް އެވެ. މާޒިޔާ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
މެޗުން ބަލިވުމާ އެކު ގްރީން ވަނީ ފައިދާ ގޯލުގެ ތަފާތުން ހަތްވަނައަށް ވެއްޓިފަ އެވެ. ގްރީން އާއި ހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތީ އަދި ޕޮއިންޓެއް ނުހޯދި އޮތް ކްލަބް ވެލެންސިއާ އެވެ.
ރޭގެ މެޗުގައި ޓީސީ އިން ލީޑު ނެގީ 42 ވަނަ މިނިޓުގަ އެވެ. ހަމްދޫން އަބްދުއްލަތީފް ގްރީންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލު އެޓީމަށް ކާމިޔާބު ހޮށްދިނީ ހައިސަމް ރަޝީދެވެ.
ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނިޓު ތެރޭ ޓީސީ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މި ގޯލުގައި ވެސް ހަމްދޫންގެ ހިއްސާ ބޮޑެވެ. ހައިސަމް ކުރިއަށް ދިން ބޯޅަ ހޯދައި ހަމްދޫން، ގްރީންގެ ކުޅުންތެރިއެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގްރީންގެ މުހައްމަދު މިންވާލް ކްލިއާ ކޮށްލަން މަސައްކަތް ކުރި އެވެ. ނަމަވެސް މިންވާލް ފައިގައި ޖެހިފައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ އޭނާ ކައިރީ ހުރި ޓީސީގެ އަޖްމަލް އަހުމަދެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ރޯގާއާހުރެ ގްރީން އަށް ވެސް ނުކުޅެވުނު، މެޗު ޓީސީއަށް
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި
ގްރީން ސްޓްރީޓްސް ދެވަނަބުރު ނިންމާލީ ޓީސީ ބަލިކޮށްފައި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ