16 ޖުލައި 2023
އިންޑިއާ އާއި ދުބާއީއާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެ ދެ ގައުމުގެ ފައިސާ ބޭނުންކުރަން ނިންމައިފި އެވެ.
އިންޑިއާ އާއި ދުބާއީއާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެ ދެ ގައުމުގެ ފައިސާ ބޭނުންކުރަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެ ދެ ގައުމުގެ މަރުކަޒީ ބޭންކުތައް ކަމަށްވާ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއާއި) އާއި ސެންޓްރަލް ބޭންކް އޮފް ޔޫއޭއީ (ސީބީޔޫއޭއީ) އާ ދެމެދު ވަނީ ކްރޮސް ބޯޑާ ޓްރާންސެކްޝަނާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކްރޮސް ބޯޑާ ޓްރާންސެކްޝަނަކީ އެއްގައުމާއި އަނެއް ގައުމާ ދެމެދު ހިންގާ ފައިސާގެ މުއާމަލާތެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ފައިސާގެ ގޮތުގައި ބޭނުންކުރާ ރުޕީސް އާއި ދިރްހަމް ބޭނުންކުރާ ވަރު އިތުރު ކުރެވޭނެ ކަމަށެވެ. ދެ ގައުމުގެ ފައިސާ ބޭނުން ކުރަނީ ލޯކަލް ކަރެންސީ ސެޓުލްމަންޓް ސިސްޓަމެއް މެދުވެރިކޮށެވެ.
މި އެއްބަސްވުމާ އެކު އެދެ ގައުމުގެ އެކްސްޕޯޓް/ އިމްޕޯޓް ކުރާ ފަރާތްތަކަށް ދިރުހަމުން ނުވަތަ ރުޕީސް އިން ފައިސާ ދެއްކޭނެ އެވެ. އެއާ އެކު އެދެ ގައުމުގެ ފައިސާއަށް ޑިމާންޑު އިތުރުވެ، ފައިސާގެ އަގު އުފުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އާރްބީއާއި އިން ބުންޏެވެ.
ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން އެގައުމަށް ފައިސާ ފޮނުވުމުގެ ހަރަދު ކުޑަވެ، މިހާރަށް ވުރެ އަވަހަށް ފައިސާގެ މުއާމަލާތްތައް މި އެއްބަސްވުމުގެ ސަބަބުން ހިންގޭނެ ކަމަށް ވެސް އާރްބީއާއި އިން ބުންޏެވެ.
ޔޫއޭއީގައި ބިދޭސީންގެ ގޮތުގައި އެންމެ ގިނައިން އުޅެނީ އިންޑިއާ މީހުންނެވެ. އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 30 ޕަސެންޓަކީ އިންޑިއާ މީހުންނެވެ. އެއީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންނެވެ.
އާރްބީއައި އިން ބުނީ، ޕޭމަންޓް އެންޑް މެސެޖިން ސިސްޓަމުގެ ދަށުން އެ ދެ ގައުމުގެ މަރުކަޒީ ބޭންކްތަކުގެ ފާސް ޕޭމެންޓް ސިސްޓަމު ގުޅާލާނެ ކަމަށެވެ. އެގޮތުން އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ސިސްޓަމާއި ދުބާއީގެ އިންސްޓަންޓް ޕޭމަންޓް ޕްލެޓްފޯމާ ގުޅާލާނެ އެވެ. އަދި އިންޑިއާގެ ރޫޕޭ ކާޑާއި ޔޫއޭއީސްވިޓް ކާޑު ވެސް ގުޅާލާނެ އެވެ.
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއަން ރުޕީސްގެ އަގު ވެއްޓިއްޖެ
ކަޝްމީރުގައި އިންވެސްޓްމެންޓްތައް އިތުރުކުރަނީ
އިންޑިއާ-އެމިރޭޓްސް ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ބަތަލާ މޯނީ ކައިވެނިކޮށްފި
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ޔޫއޭއީއަށް
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
ޔޫއޭއީގެ އެހީ އިންޑިއާ އަށް ތަފާތު ގޮތަކަށް
100 ރެކޯޑް ހަދަންއުޅޭ މީހެއް، 18 ރެކޯޑް ހަދައިފި
ގެއްލުނު ޓޫރިސްޓް ވަގަށްނެގީކަމަށް ބުނެ ބޮޑު ތުހުމަތެއް