12 ޖުލައި 2023
މަޝްހޫރު ޅެންވެރިޔާ އާމިނަތު އައްބާސް މިއަދު އަވަހާރަވެއްޖެ އެވެ.
މަޝްހޫރު ޅެންވެރިޔާ އާމިނަތު އައްބާސް މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ މަޝްހޫރު ޅެންވެރިޔާ، ގ.ޑޭޒީމާގޭ، އާމިނަތު ފާއިޒާގެ ދަރިކަނބަލުން އާމިނަތު އައްބާސް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގަ އެވެ.
އަވަހާރަވި އިރު އުމުރުން 69 އަހަރުގެ އާމިނަތު އައްބާސް އަކީ ޅެން ހެއްދެވުމާއި ޅެންވެރިކަން ދަސްކޮށްދެއްވުމުގައި ގިނަ މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކާއި ދިވެހި ނާދީ އާއި ދިވެހި ނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތައް ވިލަރެސްކުރައްވައި މައުލޫމާތު ދެއްވައިފަ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް، އާމިނަތު އައްބާސްއަށް ގައުމީ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކާއި ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ވެސް އޭނާ ކުރައްވާފައިވެ އެވެ.
އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ ހިމެނެ އެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ އާއި ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވި އެވެ.
ދިވެހި ސަރުކާރުން ދޭ އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް 2002 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގަތެވެ.
ބަކާ: ރަން ޖީލުގެ މައި ތަނބެއް، ނަމޫނާ އެތުލީޓެއް
ޒައިދާން އަބަދުވެސް ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި
ކެންސަރުގައި ޑރ. ރަމްޝާގެ އާދަޔާ ހިލާފު ހިތްވަރު
ކެންސަރު ބަލީގައި ޑރ. ރަމްޝާ އަވަހާރަވެއްޖެ
ބައްޕަ– އަޅުގަނޑުގެ އުސްތާޛު، އަޅުގަނޑުގެ ގަހާތަރި!
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
އާނިޔާ، ކެންސަރު ބަލީގައި ނިޔާވެއްޖެ
ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ
އެންމެން ދައްކަނީ ރިޒާގެ ހިތްހެޔޮ، މަޑުމައިތިރި ވާހަކަ
ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ