Roadha Mihaaru
އޭވީސީ ފިރިހެން ވޮލީބޯޅަ މުބާރާތް ވެސް ރާއްޖޭގައި

އޭވީސީ ފިރިހެން ވޮލީބޯޅަ މުބާރާތް ވެސް ރާއްޖޭގައި

30 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ކޮލިފައިންގެ ފިރިހެން މުބާރާތް އަންނަ މާޗް މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ކޮލިފައިންގެ ފިރިހެން މުބާރާތް އަންނަ މާޗް މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މާލޭގައި ކުރިޔަށްދިޔަ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕުގެ އޭޝިއަން ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނީ ވަރަށް ގިނަ ބަޔެއް މަސައްކަތުން ކަމަށެވެ.

"މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ސެންޓްރަލް ޒޯންގެ 9 ގައުމަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ." ލަތީފް ވިދާޅުވި އެވެ. "ސެންޓްރަލް ޒޯންގެ ނުވަ ގައުމުގެ ތެރެއިން މަދުވެގެން ހަ ގައުމުން މިމުބާރާތުގައި ބައިވެރިވާނެކަމަށް މިބަލަނީ."

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ގާތްގާތުގައި މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިއުމަކީ ދިވެހި ވޮލީބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަަމަށެވެ.

"ރާއްޖޭގައި މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރާއްޖޭގެ ވޮލީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. މީގެ ފައިދާ މުޅި ވޮލީބޯޅަ އަށް ކުރާނެ،" ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ފިރިހެން ގައުމީ ޓީމު އެންމެ ފަހުން ވާދަކުރީ މިދިޔަ މަހު ބަންގްލަދޭޝްގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގަ އެވެ. ރަން މެޑެއްޔަކަށް ޓާގެޓްކޮށްގެން ދިޔަ ނަމަވެސް ރާއްޖެ ޖެހުނީ ތިން ވަނަ އިން ފަރުޖައްސާލާށެވެ.

މާޗް މަހުގެ މުބާރާތަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވީއޭއެމުން ބުނެ އެވެ.