ގައުމީ ދާރުލްއާސާރުގައި ހުންނަ ގައުމީ ދިދަ ތިރިކުރަން ގޮނޑިއަކަށް އަރައިގެން އުޅުނު ސެކިއުރިޓީ މުވައްޒަފަކު ކައްސާލައިގެން ވެއްޓި ކަރަށް އެއްޗެއް ހެރިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
03 ޖުލައި 2023
ގައުމީ ދާރުލްއާސާރުގައި ހުންނަ ގައުމީ ދިދަ ތިރިކުރަން ގޮނޑިއަކަށް އަރައިގެން އުޅުނު ސެކިއުރިޓީ މުވައްޒަފަކު ކައްސާލައިގެން ވެއްޓި ކަރަށް އެއްޗެއް ހެރިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އިރުއޮއްސި 6 ޖެހުމުން ދިދަ ތިރިކުރަން އުޅުނު މުވައްޒަފު ގޮނޑިއަކުން ކައްސާލައިގެން ވެއްޓިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް ނަޝީދު ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަހަމްވީ އަންނަނީ ދާރުލްއާސާރުގެ އިމާރާތް ބަލަހައްޓަން އައުޓްސޯސްކޮށް ނަގާފައި ތިބޭ ސެކިއުރިޓީންގެ ބިދޭސީ މުވައްޒަފެކެވެ.
ނަމަވެސް އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި ވެފައިވަނީ ކޮން ކަހަލަ އަނިޔާތަކެއްކަން އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"ދާރުލްއާސާރު ބަލަހައްޓަން އަބަދުވެސް ތިބޭނެ ޕޮލިހުން. އެ މީހުން ވަގުތުން އެޓެންޑްވެފައި ވަނީ. އެ މީހާ ހޮސްޕިޓަލަށް ގެންދިއުމަށް. އަޅުގަނޑުމެންނަށް އަދި ނޭނގޭ އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް." ނާއިލް ވިދާޅުވި އެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި، ވެއްޓި ކަރަށް އެއްޗެއް ހެރުމުގެ ސަބަބުން އެ މުވައްޒަފު ވަނީ ވަރަށް ބޮޑަށް ޒަހަމްވެ ހާލު ސީރިއަސްވެފަ އެވެ. ސާޖަރީއެއް ހެދުމަށް ފަހު އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ވެސް އަދި ހޮސްޕިޓަލުން ވެސް ބަހެއް ނުލިބުނެވެ.
ޒަހަމްވީ ދިދަ ނަގަން ގޮނޑިއަށް އަރައި ފުންމަނިކޮށް
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ޕޮލިސް ކާރާ އެކްސިޑެންޓްވި ޒުވާނާ އަދިވެސް ހޭނާރާ
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އައިސީޔޫގައި
ބްރިޖު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
ބިއްލޫރި ޝީޓުތަކުން ޒަހަމްވި އެކަކު މާލެ އަށް
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ