02 ޖުލައި 2023
ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) ގެ ނުރައްކާ ކުޑަކުރުމަށް ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވިޓްނާ ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން ލަފާދީފި އެވެ.
ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) ގެ ނުރައްކާ ކުޑަކުރުމަށް ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވިޓްނާ ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން ލަފާދީފި އެވެ.
އެ ޖަމިއްޔާގެ ވެބްސައިޓުގައި، މެއި 15، 2023 ގައި އާއްމުކުރި ލިޔުމުގައި ބުނީ ސްވިޓްނާ ބޭނުން ނުކުރަން ލަފާ ދިނީ ބަރުދަން ލުއި ކުރަން އެ ބޭނުންކުރާ މީހުންނަށް ދިގު މުއްދަތަކަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ހޯދުންތަކުން ފެންނާތީ ކަމަށެވެ.
ދިގު މުއްދަތަކަށް ސްވިޓްނާސް ބޭނުންކުރާނަމަ ޓައިޕް 2 ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކުއްލިއަކަށް ބޮޑެތި މީހުން މަރުވުމުގެ ފުރުސަތު ބޮޑުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ދިރާސާގެ ނަތީޖާއިން ދައްކާ ކަމަށް ވެބްސައިޓުގައި ވެ އެވެ.
އެހެންވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހަކުރު ކެއުން މަދުކުރެވޭނެ އެހެން ގޮތްތަކާ މެދު ވިސްނަން އެދިފަ އެވެ. އޭގެ ތެރޭގައި، ގުދުރަތީ ގޮތުން ފޮނި ރަހަ ދޭ މޭވާ ފަދަ އެއްޗިއްސާއި އެކި ބުއިންތަކެވެ.
ގިނަ މީހުންނަށް ވިސްނިފައި އޮންނަ ގޮތުގައި ސްވިޓްނާ އަކީ، އާއްމުކޮށް މި ބޭނުންކުރާ ހަކުރަށް ވުރެ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އެކަމަކު، ދިރާސާތަކުން ފެންނަނީ އޭގެ އަނެއް ކޮޅެވެ.
ޑަބްލިއުއެޗްއޯއިން ވެސް ބުނީ ސްވިޓްނާސް އަކީ ޑައިޓްގައި ހިމެނޭ އަދި ނިއުޓްރިޝަނަލް ވެލިއު ހުރި އެއްޗެއް ނޫން ކަމަށެވެ. ސިއްހަތު ރަނގަޅުކުރުމަށްޓަކައި ޖެހޭނީ ކުރިން ފެށިގެން ވެސް ކެއުން އެ ގޮތަށް ބައްޓަންކުރުމަށް ކަމަށް ބުންޏެވެ.
ކެއުންބުއިމުގައި އާޓިފިޝަލް ސްވިޓްނާ ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏަސް، ނޮން-ޝުގާ ސްވީޓްނާސް (އެންއެސްއެސް) ހިމެނޭ ގައިން ތާހިރުވުމަށާއި ރީތިވުމަށް ބޭނުންކުރާ ދަތް އުނގުޅާ ބޭހާއި ހަމުގެ ކްރީމް ފަދަ އެއްޗިއްސަށް މި ލަފައެއް ނުހިނގާނެ އެވެ.
ފޮނި ބުއިންތަކުގެ އަގު ބޮޑުކުރަންޖެހޭ: ޑަބްލިޔުއެޗްއޯ
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
އެމްޕޮކްސްގެ ނުރައްކާ އާންމުވެއްޖެ ކަމަށް ކަނޑައަޅައިފި
އެމްޕޮކްސްގެ ނުރައްކަލާ މެދު ގޮތެއް ނިންމަނީ
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ދޫނި ރޯގާ ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ